ޕޯޗުގަލް ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާ ކުރިމަތިލުން

17 ސެޕްޓެންބަރ 2024 | އަންގާރަ 19:10
-
544
ޕޯޗުގަލްގެ މެދުތެރެއާއި އުތުރުގައި ރޯވި އަލިފާނުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން ވަނީ ވިލެޖްތައް ހުސްކޮށް، މޮޓޯވޭތައް ބަންދުކުރަން ޖެހިފައެވެ.
އަލިފާނުގެ ހާދިސާތަކުގައި ގެތައް އަނދައި، ބައެއް މޮޓޯވޭތަކުގެ ޓްރެފިކް ވަނީ ހުއްޓިފައި - ފޮޓޯ: އޭއެފްޕީ
ޕޯޗުގަލްގެ އުތުރުގެ އަވަށެއް ކަމަށްވާ ސެވާ ޑޯ ވޫގާގައި ހުންނަ މެޓަލްވޯކިން ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަލިފާން ނިއްވާ ފަރާތްތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: އޭޕީ ފޮޓޯ
ސެވާ ޑޯ ވޫގާގައި ރޯވި އަލިފާންގަނޑަށް މަތިންދާބޯޓުތަކުން ފެން އަޅަނީ - ފޮޓޯ: އޭޕީ ފޮޓޯ
މިދިޔަ ހޯމަ ދުވަހު 5،000 އެއްހާ ފަޔާ ފައިޓަރުން ވަނީ 26 އަލިފާނުގެ ހާދިސާތަކާ ކުރިމަތިލާން ޖެހިފަ - ފޮޓޯ: އޭޕީ ފޮޓޯ
ޕޯޗުގަލްގެ ވިލާ ޕޫކާ ޑި އަގުއާގެ ބޯންސް ޑި އަގުއާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވަން މީހަކު މަސައްކަތް ކުރަނީ - ފޮޓޯ: އީޕީއޭ
ހޫނުމިން މަތިވުމާއި ވައިގަދަވުމުގެ ސަބަބުން ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ހަވީރުގެ ނިޔަލަށް އެ ގައުމު ވަނީ އެލާޓަށް ގެނެސްފައި - ފޮޓޯ: އީޕީއޭ
ޕެނަލްވާ ޑޯ ކަސްޓެލޯގައި ރޯވި އަލިފާން ގަނޑު ނިއްވާލަން މީހަކު މަސައްކަތް ކުރަނީ - ފޮޓޯ: ރޮއިޓަރސް