އިޒްރޭލުން ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކަށް ބޮމުގެ ހަމަލާއެއް ދިނުން

12 ސެޕްޓެންބަރ 2024 | ބުރާސްފަތި 19:08
-
561
ފަލަސްތީނުގެ 12،000 އެއްހާ މީހުން ހިޔާވަހިކަން ހޯދަމުން ދިޔައީ އެތައް ފަހަރެއްގެ މަތިން ހަމަލާ ދީފައިވާ އަލް ޖައުނީ ސްކޫލުގައެވެ.
ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ހިޔާއަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ހަލާކުވި އަލް ޖައޫނީ ސްކޫލުގެ ކުނިތައް ފަލަސްތީނުގެ ރައްޔިތުން ހާވަނީ - ފޮޓޯ: އީޕީއޭ
"މަރުވި މީހުންގެ ތެރޭގައި އުންރްވާގެ ހިޔާގެ މެނޭޖަރާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޓީމުގެ މެމްބަރުން ވެސް ހިމެނެއެވެ. ޣައްޒާގައި އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. އެކަކުވެސް ދޫކޮށެއް ނުލާ،" އުންރްވާ އިން އެކްސްގައި ބުނެފައިވޭ - ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބުނީ އެ ސްކޫލަށް ފަސް ވަނަ ފަހަރަށް ބޮން އަޅާފައިވާ ކަމަށް - ފޮޓޯ: އޭއެފްޕީ
އެ ސްކޫލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 12،000 މީހުން ދިރިއުޅެމުންދާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން - ފޮޓޯ: އޭއެފްޕީ
އުންރްވާ އިން ހިންގާ އަލް ޖައޫނީ ސްކޫލަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އަނިޔާ ލިބުނު މީހަކު އުފުލަން ބަޔަކު ބްލޭންކެޓެއް ބޭނުން ކުރަނީ - ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ދިން ހަމަލާއަށް ފަހު ފަލަސްތީނުގެ ރައްޔިތުން އަލްޖައުނީ ސްކޫލުގެ ގޯތިތެރޭގައި ހިނގަނީ - ފޮޓޯ: އޭއެފްޕީ