ޔޫކްރެއިންގެ ލްވީވްއަށް ރަޝިޔާއިން ދިން ވައިގެ ހަމަލާއެއްގައި ހަތް މީހަކު މަރުވުން
ޕޮލެންޑްގެ ބޯޑަރު ކައިރީގައި އޮންނަ ޔޫކްރެއިންގެ ހުޅަނގުގެ ތާރީހީ މަރުކަޒަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

ރަޝިއާގެ ވައިގެ ހަމަލާގައި ހަލާކުވި އެޕާޓްމަންޓް އިމާރާތަކުން ސަލާމަތްކުރާ މީހުން ހަށިގަނޑެއް އުފުލަނީ - ފޮޓޯ: އޭޕީ

އިންޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ، ލްވީވްގައި ހަތް މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމަށް - ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ މެދުތެރޭގެ ލްވީވްއަށް ދިން ހަމަލާއަށް ފަހު ރޯވި އަލިފާން ގަނޑު ނިއްވާލުމަށް ހަރަކާތްތެރިވަނީ - ފޮޓޯ: އޭއެފްޕީ

ނޭޓޯގެ މެންބަރު ޕޮލެންޑްގެ ބޯޑަރު ކައިރީގައި އޮންނަ ލްވީވްގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ލިބިފައިވާ ގެއްލުން - ފޮޓޯ: އޭއެފްޕީ

ލަވީވްގައި ދިން ހަމަލާގައި ގެއްލުން ލިބުނު މީހުން ދިރިއުޅޭ އިމާރާތެއް ހުރި ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ރޮއިޓަރސް

މި ހަމަލާގައި 40 މީހުން ޒަޚަމްވެފައިވާ އިރު، އެ ސިޓީގެ ތާރީޚީ މަރުކަޒުގެ ސްކޫލްތަކާއި މެޑިކަލް ފެސިލިޓީތަކުގެ އިތުރުން އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ އޮފީހުން ބުނޭ - ފޮޓޯ: ރޮއިޓަރސް