އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުން
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުން އެ ސަރަހައްދަށް ދިން އެންމެ ބޮޑު އަސްކަރީ ހަމަލާގައި، އެއްފަހަރާ ހަތަރު ސަރަހައްދަކަށް ވަނީ ހަމަލާތަކެއް ދީފައެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ފަރާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަކަށް ފަހު ފަލަސްތީނުގެ މުނިސިޕަލްޓީގެ މަސައްކަތްތެރިން ހަލާކުވެފައިވާ ގެއެއް ޗެކް ކުރަނީ - ފޮޓޯ: އޭޕީ

ނޫރު ޝާމްސް ރެފިއުޖީ ކޭމްޕްގައި އިޒްރޭލުން ދިން ހަމަލާއަކުން ސަލާމަތްވުމަށް ފަލަސްތީނުގެ އާއިލާއެއް އެ ސަރަހައްދު ދޫކޮށް ދަނީ - ފޮޓޯ: އޭއެފްޕީ

ތުލްކަރޭމް ކައިރީގައި އޮންނަ ނޫރު ޝާމްސް ކޭމްޕްގައި އިޒްރޭލުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދެ މީހަކު ހައްޔަރުކޮށްފައިވޭ - ފޮޓޯ: އޭއެފްޕީ

ނޫރު ޝާމްސް ކޭމްޕްގައި އިޒްރޭލުގެ އަސްކަރީ ހަމަލާއެއްގައި މީހުން ދިރިއުޅޭ އިމާރާތެއް ހަލާކުވެފައި - ފޮޓޯ: އޭއެފްޕީ

ތުލްކަރޭމް އާއި ނޫރު ޝަމްސްގައި އެންމެ ފަހުން މަރުވި މީހުންގެ އަދަދު ވަނީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ދެ ދުވަހަށް ހިންގި އަސްކަރީ އޮޕަރޭޝަންގައި 18 އަށް އަރާފަ - ފޮޓޯ: އޭއެފްޕީ

އޭނާގެ އަތުގައި ހަތިޔާރު ނެތް ކަން އިޒްރޭލު ސިފައިންނަށް ދެއްކުމަށް، ޖެނިންގައި ފަލަސްތީނުގެ ޒުވާނަކު އޭނާގެ ޓީޝާޓް އުފުލާލަނީ - ފޮޓޯ: އޭއެފްޕީ