ޣައްޒާގެ ޚާން ޔޫނިސް އާއި ދާރުލް ބަލާހްއަށް އިޒަރޭލުން ހަމަލާދިނުން
އިޒްރޭލުގެ ސިފައިން 22 ދުވަހުގެ އަސްކަރީ އޮޕަރޭޝަނަކަށް ފަހު އިރުމަތީ ޚާން ޔޫނިސްގެ ސަރަހައްދުތައް ފުނޑުފުނޑު ކޮށްލާފައި އެ ސަރަހައްދުތަކުން ވަނީ ފައިބާފައެވެ.

ފަލަސްތީނުގެ އަންހެނަކު އެހެން މީހުންނާއެކު ޣައްޒާގެ މެދުތެރޭގެ އިރުމަތީ ދާރުލް ބަލާހްއަށް އެނބުރި އައިސް ލިބުނު ގެއްލުންތައް ބަލާލަނީ - ފޮޓޯ: އޭއެފްޕީ

އިރުމަތީ ދާރުލް ބާލާލްއަށް ކުޑަވަގުތުކޮޅަކަށް އެނބުރި އައި ފަލަސްތީނުގެ އަންހެނަކު އޭނާގެ ގެ ބަލާލުމަށްފަހު ކުނިތައް ހާވާ، ސަލާމަތްކުރެވުނު ބައެއް ތަކެތި ހިފައިގެން ދަނީ - ފޮޓޯ: އޭއެފްޕީ

ޚާން ޔުނިސްގައި ހިންގި އެއްގަމު އޮޕަރޭޝަނަކަށްފަހު އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފޭބިފަހުން، ކުނިތަކެއްގެ މައްޗަށް އަރާހުރި ކުޑަކުއްޖެއް - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 40،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވޭ - ފޮޓޯ: ރޮއިޓަރސް

ޚާން ޔުނިސްގެ ސަރަހައްދަކުން އިޒްރޭލުގެ ސިފައިން ފޭބުމާ އެކު އާއިލާއެއް ސައިކަލުގައި އެނބުރި އަންނަނީ - ފޮޓޯ: ރޮއިޓަރސް

ޚާން ޔޫނިސްގެ ސަރަހައްދުތަކުން އިޒްރޭލުގެ ސިފައިން ފޭބުމުން ލިބުނު ގެއްލުންތައް ފެންނަ އާންމު މަންޒަރެއް - ފޮޓޯ: ރޮއިޓަރސް