ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދިނުން
ރަޝިޔާއިން ޔޫކްރެއިނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ ހަނގުރާމައިގެ ތެރޭގައި ވައިގެ މަގުން ޔޫކްރެއިނަށް ހޯމަ ދުވަހު ދިން ވަރުގަދަ ހަމަލާ އަށް ފަހު ހަމަލާތައް ކުރިއަށްގެންދާ ދެވަނަ ދުވަހެވެ.

ޔޫކްރެއިންގެ ހޮޓަލަކަށް ރަޝިއާއިން ދިން މިސައިލް ހަމަލާއަކަށް ފަހު ރެސްކިއު ވޯކަރުން ވަނީ އެ ސަރަހައްދަށް ރިޕޯޓްކޮށްފައި - ފޮޓޯ: ރޮއިޓަރސް

ކްރައިވީ ރިހުގައި ރަޝިޔާއިން މިސައިލް ހަމަލާދިން ސަރަހައްދުގައި ޒަހަމްވި މީހަކަށް ރެސްކިއު އަދި މެޑިކަލް ވޯކަރުން ފަރުވާ ދެނީ - ފޮޓޯ: ރޮއިޓަރސް

ރަޝިޔާގެ ހަމަލާގައި ހޮޓާ "ފުހެލި" ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަމަށް ސަރަހައްދީ އޮފިޝަލް ވިދާޅުވި - ފޮޓޯ: ރޮއިޓަރސް

ރަޝިޔާއިން ސީދާ ދެ ދުވަހު ވައިގެ މަގުން ހަމަލާތައް ދިނުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުން ބަދަލު ހިފާނެ ކަމަށް - ފޮޓޯ: ރޮއިޓަރސް

ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ އެ ގައުމުގެ ސިފައިން ޔޫކްރޭނަށް ހަތިޔާރުގެ ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށް - ފޮޓޯ: ރޮއިޓަރސް

ކްރައިވީ ރިހްއަށް ރަޝިޔާއިން މިސައިލް ހަމަލާދިން ސަރަހައްދުގައި އިމަޖެންސީ ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓަރސް