Raajje.mv
ފޮޓޯ ގެލަރީ

ބަންގްލަދޭޝްގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުން

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހި، އެތައް ސަތޭކަ ގެއަކަށް ފެންވަދެއްޖެއެވެ.

ޒުނާނާ ޒާލިފް
23 އޯގަސްޓު 2024
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އެތައް މިލިއަން ބަޔަކު ތާށިވެ، ބޮޑު ސަރަހައްދެއް އަޑިއަށް ގޮސް، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ - ފޮޓޯ: އޭއެފްޕީ

ބޯކޮށް ވާރޭ ވެހުމާއެކު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފެންގަނޑު އިތުރަށް އުފުލިދާނެ ކަމަށް ފްލަޑް ފޯކާސްޓިން އެންޑް ވޯނިން ސެންޓަރު (އެފްއެފްޑަބްލިއުސީ) އިން ބުނެފައިވޭ - ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޝްގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ އަވަށްތަކުގެ ތެރޭގައި ފެނީ، މައުލްވިބާޒާރު، ހަބީގަންޖް، ކުމިލާ އަދި ޗިޓަގޮންގް ހިމެނޭ - ފޮޓޯ: އޭއެފްޕީ

ކުމިލާގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެންވަދެފައި - ފޮޓޯ: އޭއެފްޕީ

ބައެއް ސަރަޙައްދުތަކުގެ މަގުތަކުގެ ކަނެކްޓިވިޓީ ކަނޑާލައި، މުޖުތަމަޢުތައް އެކަހެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއެރި - ފޮޓޯ: އޭއެފްޕީ

ވޯލްޑް ބޭންކް އިންސްޓިޓިއުޓުން 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަންގްލަދޭޝްގެ 3.5 މިލިއަން މީހުންނަށް ކޮންމެ އަހަރަކު ކޯރުތަކުން ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް - ފޮޓޯ: އޭއެފްޕީ