ބަންގްލަދޭޝްގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލައި މުޒާހަރާކުރުން
މިދިޔަ މަހު ޖޮބް ކޯޓާ މުޒާހަރާގައި މަރުވި 200 އަށް ވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ވެރިރަށް ޑާކާގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.

ހަފުތާއެއްހާ ދުވަސް ވަންދެން ކުރި މުޒާހަރާތަކުގެ ފަހަތުގައިވާ ސްޓޫޑަންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަނުން ވަނީ ޑާކާގައި އެއްވުމެއް ބާއްވާފައި - ފޮޓޯ: ޖެޓީ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުން - ފޮޓޯ: އީޕީއޭ

އިހުތިޖާޖުގައި ދަރިވަރުންގެ ކިބައިން އިތުރަށް ފުޅާވެގެން ދިޔައީ އެކި ފަންތީގެ މީހުން ހިމަނައިގެން - ފޮޓޯ: އޭއެފްޕީ

މިދިޔަ ޖެނުއަރީ މަހު ބޭއްވި އިންތިހާބަށް ފަހު ހަތަރު ވަނަ ދައުރަކަށް ވެރިކަމުގައި ހުންނެވި ހަސީނާއަށް ވަނީ މި މުޒާހަރާތަކަކީ ބޮޑު ގޮންޖެހުމަކަށް ވެފައި - ފޮޓޯ: އޭއެފްޕީ

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލާފައި - ފޮޓޯ: އޭއެފްޕީ

މިދިޔަ މަހު ދަރިވަރުންގެ އިހުތިޖާޖު ފެށުނީ ސަރުކާރުގެ ވަޒީފާތަކަށް ކޯޓާ ގެނައުމުގެ ނިޒާމު ނިމުމަކަށް ގެނައުމަށް ގޮވާލައި، ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ - ފޮޓޯ: އޭޕީ ފޮޓޯ