އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތަށް ބޮން އެޅުން
އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތަށް ބޮން އަޅައިފިއެވެ.

ބެއިރޫތުގެ ދެކުނުގެ އަވަށްތަކާއި ވަށައިގެންވާ ސަރަހައްދުތައް - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހިޒްބުالله ކޮމާންޑަރަކަށް އަމާޒުކޮށް ބެއިރޫތަށް "ފުރިހަމަ ހަމަލާއެއް" ދިން ކަމަށް - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތަށް ބޮން އެޅުމުން ހަލާކުވި އިމާރާތެއް - ފޮޓޯ: އޭޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މިއީ ޖުލައި 27 ވީ ހޮނިހިރު ދުވަހު އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސްއަށް ދިން ހަމަލާއެއްގައި 12 މީހުން މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް - ފޮޓޯ: އޭޕީ

ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ ބެއިރޫތުގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ހަރެޓް ރިކްގެ އިމާރާތެއްގެ ދެ ފަންގިފިލާ ވެއްޓިފައިވާ ކަމަށް - ފޮޓޯ: އޭޕީ

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ހަލާކުވި އިމާރާތަކަށް ލިބުނު ގެއްލުންތައް މީހަކު ބަލަނީ - ފޮޓޯ: އޭޕީ