އިޒްރޭލުން ޣައްޒާގެ ސިޓީތަކަށް އަރައިގަނެ، ފަލަސްތީނު މީހުން ފިލަން މަޖުބޫރު ކުރުވުން
ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީން ބުނީ ޣައްޒާގެ 86 އިންސައްތަ މީހުން މިހާރު ތިބީ މީހުން ހުސްކުރުމުގެ އަމުރުގެ ދަށުގައި ކަމަށެވެ.

ޣައްޒާގެ މެދުތެރޭ ބުރެއިޖް ރެފިއުޖީ ކޭމްޕު ދޫކޮށް ދާ ފަލަސްތީނު މީހުން - ފޮޓޯ: އޭއެފްޕީ

ބުރެއިޖް ރެފިއުޖީ ކޭމްޕު ދޫކޮށް ދާ އާއިލާތަކުގެ ކުޑަކުދިން ޓްރަކެއްގެ ފަހަތުގައި - ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ބުރެއިޖާއި އަލް ޝުހާދާގެ ބައެއް ބްލޮކްތައް ހުސްކުރުމަށް އަމުރުކޮށް އެތަނުގައި "ގަދަބާރުން އޮޕަރޭޝަން" ކުރާނެ ކަމުގެ އިންޒާރު ދީފަ - ފޮޓޯ: އޭއެފްޕީ

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާގެ އިސްވެރިޔާ ފިލީޕް ލަޒާރިނީ ވިދާޅުވީ ޣައްޒާގެ 14 އިންސައްތަ ސަރަޙައްދަކީ މީހުން ހުސްކުރުމުގެ އަމުރެއް ނެތް ތަންތަން ކަމަށް - ފޮޓޯ: އޭއެފްޕީ

އިޒްރޭލުން މީހުން ހުސްކުރުމުގެ އަމުރުތަކާ އެކު "ހަލަބޮލިކަމާއި ބިރުވެރިކަން" އުފައްދަމުންދާ ކަމަށް ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާގެ އިސްވެރިޔާ ފިލީޕް ލަޒާރިނީ ތުހުމަތު ކުރޭ - ފޮޓޯ: އޭއެފްޕީ

ނުސީރާތާއި ބުރެއިޖުގެ ރައްޔިތުން ހުސްކުރަން އަލަށް ނެރުނު އަމުރުތަކުގެ ސަބަބުން ގާތްގަނޑަކަށް 29،000 މީހުންނަށް އަސަރުކޮށްފައިވޭ - ފޮޓޯ: އޭއެފްޕީ