ފަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވެ، އެތައް ހާސް ބަޔަކު ސްޕެއިންގެ މަލޯރްކާގައި މުޒާހަރާ ކުރ
ސްޕެއިންގައި އޯވާ ޓޫރިޒަމްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހާމަކުރުމަށް އެންމެ ފަހުން ކުރި މަސައްކަތުގައި ޕަލްމާ ޑި މަލޯރްކާގައި ގިނަ އަދަދެއްގެ ބަޔަކު ނިކުމެއްޖެ އެވެ.

ޕަލްމާ ޑި މަލޯރްކާގައި އޯވާ ޓޫރިޒަމާއި ބޯހިޔާވަހިކަމުގެ އަގުތަކާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ބައިވެރިން ބެނާއެއް ހިފައިގެން - ފޮޓޯ: އޭއެފްޕީ

މަތިންދާ ބޯޓާއި ކްރޫޒް އުޅަނދުތަކުގެ ފޭކު މޮޑެލްތައް ހިފައިގެން މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް މަލޯރްކާގެ މަގުތަކުގައި "މާސް ޓޫރިޒަމަށް ނޫނެކޭ" ލިޔެފައިވާ ޕޯސްޓަރުތަކާއި "ޕްރައިވެޓް ޖެޓްތައް ހުއްޓުވާ" ލިޔެފައިވާ ބެނާތައް ހިފައިގެން މުޒާހަރާ ކޮށްފަ - ފޮޓޯ: އޭއެފްޕީ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 16.1 މިލިއަން މީހުން ސްޕެއިނަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެއް - ފޮޓޯ: އޭއެފްޕީ

ޕަލްމާ ޑި މަލޯރްކާގައި މުޒާހަރާގެ ބައިވެރިން ބަދަލަކަށް ގޮވާލައި ބެނާއެއް ހިފައިގެން ހިނގާލާފައިވޭ - ފޮޓޯ: އޭއެފްޕީ

ފަތުރުވެރިކަމާ ދެކޮޅު އެކްޓިވިސްޓުން ވަނީ މިއަހަރު ސްޕެއިންގެ އެކި ކަންކޮޅުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކޮށްފަ - ފޮޓޯ: އޭއެފްޕީ

މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނަނީ މުޒާހަރާތަކުގައި 50،000 މީހުން ބައިވެރިވި ކަމަށެވެ. މި އަދަދު 20،000 އާ ގާތްކުރާ ކަމަށް ފުލުހުން ލަފާކުރޭ - ފޮޓޯ: އޭއެފްޕީ