ބަންގްލަދޭޝްގެ ޔުނިވަރސިޓީ ދަރިވަރުންގެ މުޒާހަރާ ހޫނުވުން
ބަންގްލަދޭޝްގައި ވަޒީފާ ދިނުމުގައި ގެންގުޅޭ ކޯޓާ ސިސްޓަމް އުވާލުމަށް އެ ގައުމުގެ ޔުނިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ، މިހާތަނަށް 11 މީހުން މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދަރިވަރުން ފަހަތަށް ޖެއްސުމަށް ފުލުހުން ކަރުނަ ގޭހާއި ރަބަރު ބުލެޓް ޖަހަނީ - ފޮޓޯ: އޭޕީ

ޑާކާ ޔުނިވާސިޓީގެ ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ދިނުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުން ފަހަތަށް ޖެއްސުމަށް ފުލުހުން ކަރުނަ ގޭސް ޖަހަނީ - ފޮޓޯ: ޖެޓީ

ޑާކާ ޔުނިވާސިޓީގެ ކެމްޕަހުގައި މުޒާހަރާގެ ބައިވެރިން ބިންމަތީގައި އޮށޯވެލައިގެން - ފޮޓޯ: އީޕީއޭ

ބުރާސްފަތި ދުވަހު މުޅި ގައުމު ބަންދުކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލި - ފޮޓޯ: އޭއެފްޕީ

ސިވިލް ސަރވިސްގެ މަޤާމުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މަޤާމު ވަކި ބަޔަކަށް ރިޒާވްކުރާ ކޯޓާ ނިޒާމު ނިމުމަކަށް ގެނައުމަށް މިމަހު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހިނގާލުންތައް ބާއްވާފައިވޭ - ފޮޓޯ: އޭއެފްޕީ

ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ސްކީމްގެ ސަބަބުން ސަރުކާރަށް ތާއީދުކުރާ ޖަމާއަތްތަކުގެ ދަރިންނަށް ފައިދާވާ ކަމަށް - ފޮޓޯ: އޭއެފްޕީ