ރައީސް ސާލިޙުގެ މަންމާފުޅު ފަސްދާނުލުން
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ މަންމާފުޅު މޫމިނާ ހުސައިންފުޅު ފަސްދާނުލައިފިއެވެ.

ރައީސް ސާލިޙުގެ މަންމާފުޅު އަވަހާރަވެފައިވަނީ އުމުރުފުޅުން 80 އަހަރުގައި، ބުރާސްފަތި ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި - ފޮޓޯ: ރާއްޖެއެމްވީ

ރައީސް ސާލިޙުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ސިޔާސީ ގިނަ ބޭފުޅުން ވަނީ ރައީސް ސާލިޙަށް ތައުޒިޔާ ފޮނުއްވާފައި - ފޮޓޯ: ރާއްޖެއެމްވީ

ކަށުނަމާދު ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒުގައި - ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ މަންމާފުޅު މޫމިނާ ހުސައިންފުޅު ފަސްދާނުލާފައި ވަނީ ގަލޮޅު ސަހަރާގައި - ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ މަންމާފުޅު މޫމިނާ ހުސައިންފުޅު ފަސްދާނުލާފައި ވަނީ ބުރާސްފަތި ދުވަހުގެ މަޣްރިބް ނަމާދަށްފަހު - ފޮޓޯ: ރާއްޖެއެމްވީ

މޫމިނާ ހުސައިންފުޅުގެ ޖަނާޒާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވާއިރު، ސަރުކާރުގެ އިސްބޭފުޅުންނާއި، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބައެއް ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރާއްޖެއެމްވީ