Raajje.mv
ފޮޓޯ ގެލަރީ

ޣައްޒާގައި އދއިން ހިންގާ އިތުރު ސްކޫލަކަށް އިޒްރޭލުން ބޮން އެޅުން

ޣައްޒާގައި އދއިން ހިންގާ އިތުރު ސްކޫލަކަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ވަނީ 17ށް އަރާފައެވެ.

ޒުނާނާ ޒާލިފް
16 ޖުލައި 2024
އަބޫ އޮރައިބާން ސްކޫލަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު ގެއްލުން ބަލަން އެއްވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން - ފޮޓޯ: އިޔާދް ބާބާ / އޭއެފްޕީ

ނުސީރަތު ރެފިއުޖީ ކޭމްޕްގެ އަބޫ އޮރައިބާން ސްކޫލުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން - ފޮޓޯ: އިޔާދް ބާބާ / އޭއެފްޕީ

އަންރުއާ އަކީ ޣައްޒާގެ ލައިފްލައިން ކަމަށް ބެލެވެއެވެ. ނަމަވެސް އެގައުމުގެ ސްކޫލުތަކަށާއި އެހީދޭ މަރުކަޒުތަކަށް ތަކުރާރުކޮށް ހަމަލާދީ އިންސާނީ ކާރިސާ ވަނީ އިތުރުވެފައި - ފޮޓޯ: އިޔާދް ބާބާ / އޭއެފްޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ވައިގެ ސިފައިން "ނުސީރަތުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭގެ އަބޫ އަރަބާން (އަބޫ އޮރައިބާން) ސްކޫލް އިމާރާތުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޓެރަރިސްޓުންގެ ގިނަ ބަޔަކަށް ހަމަލާދީފައިވާ" ކަމަށެވެ. ނަމަވެސް އެ ބުނާ އެއްވެސް ކަމެއްވީ ކަމުގެ ހެއްކެއް ހާމަކޮށްފައެއް ނުވެއެވެ. - ފޮޓޯ: ރަމަޟާން އާބެދް / ރޮއިޓަރސް

އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ސްކޫލްތަކަށް މަދުވެގެން ދެ ފަހަރެއްގެ މަތިން ހަމަލާދީފައި - ފޮޓޯ: ރަމަޟާން އާބެދް / ރޮއިޓަރސް

ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވީ އަބޫ އޮރައިބާން ސްކޫލަކީ "ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން ދިޔަ ސްކޫލެއް" ކަމަށް - ފޮޓޯ: ރަމަޟާން އާބެދް / ރޮއިޓަރސް

ނުސޭރަތުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ އދ.ގެ ސްކޫލަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަށްފަހު އަނިޔާވި ކުޑަ ކުއްޖަކު ގޮވައިގެން ދާ މީހަކު - ފޮޓޯ: ރަމަޟާން އާބެދް / ރޮއިޓަރސް

ނުސޭރަތުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ އދ.ގެ ސްކޫލަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަށްފަހު އެ ހިސާބަށް އެއްވެފައި ތިބި ފަލަސްތީނުގެ މީހުން  - ފޮޓޯ: ރަމަޟާން އާބެދް / ރޮއިޓަރސް