އައްޑޫގެ މަސްވެރިން މުޒާހަރާ ހުއްޓާނުލައި ކުރިއަށްގެންދާތާ 4 ދުވަސް
އައްޑޫސިޓީގެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދޭތީ ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާނުލައި ކުރިއަށްގެންދަން ނިންމައިފިއެވެ.

އައްޑޫސިޓީގެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދޭތީ މުޒާހަރާކުރަން ފަށާފައި ވަނީ ހުކުރު ދުވަހު - ފޮޓޯ: ރާއްޖެއެމްވީ

އާދިއްތަ ދުވަހުގެރޭ މުޒާހަރާގައި ބައިވެރިވާ ކެޔޮޅުން މަޝްވަރާ ކުރުމަށްފަހު ނިންމީ، ސަރުކާރުން މަސްވެރިންގެ ޑިމާންޑްތަކަށް އިޖާބަދެންދެން މަސްވެރިން ކުރަމުންދާ މުޒާހަރާ ކުރިއަށް ގެންދިއުމަށް - ފޮޓޯ: ރާއްޖެއެމްވީ

މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އާދިއްތަ ދުވަހު މިފްކޯ އިން ވަނީ މަސްވެރިންނަށް އިންޒާރު ދީފައި - ފޮޓޯ: ރާއްޖެއެމްވީ

މިފްކޯ އިން ވަނީ މަސްވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހުރި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތައް ހުރަސް އަޅާނަމަ އެކަމުގައި ބައިވެރިވާ އޮޑިފަހަރުން މަސް ގަތުން ތިން މަސް ދުވަހުގެ މުއްދަތަށް ހުއްޓާލާނެ ކަމަށް ބުނެ އިންޒާރު ދީފައި - ފޮޓޯ: ރާއްޖެއެމްވީ

މިފްކޯގެ މި އިންޒާރާ ގުޅިގެން އިހްތިޖާޖުގައި ބައިވެރިން ބުނެފައިވަނީ މިފްކޯ އިން ސަސްޕެންޑް ކުރިއަސް އިހުތިޖާޖު ކުރިއަށްގެންދާނެ ކަމަށް - ފޮޓޯ: ރާއްޖެއެމްވީ

އައްޑޫގައި މުޒާހަރާ ކުރާ މަސްވެރިން ބުނަމުން އަންނަނީ އެމީހުން މިފްކޯ އަށް ކިރާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްވުމުން އެ މީހުންގެ އާއިލާތައް ތިބީ ވަރަށް ދަތި ހާލުގައި ކަމަށް - ފޮޓޯ: ރާއްޖެއެމްވީ

އައްޑޫސިޓީ މަރަދޫ ރައްޔިތުން ވަނީ މަސްވެރިންގެ ދިފާއުގައި ނުކުމެފައި - ފޮޓޯ: އައްޑޫ-އެކްސް-ފައިލްސް / ޓްވިޓަރ

އައްޑޫސިޓީ މަރަދޫ ރައްޔިތުން ވަނީ މަސްވެރިންގެ ދިފާއުގައި ނުކުމެފައި - ފޮޓޯ: އައްޑޫ-އެކްސް-ފައިލްސް / ޓްވިޓަރ

އައްޑޫސިޓީ މަރަދޫ ރައްޔިތުން ވަނީ މަސްވެރިންގެ ދިފާއުގައި ނުކުމެފައި - ފޮޓޯ: އައްޑޫ-އެކްސް-ފައިލްސް / ޓްވިޓަރ