އައްޑޫ މަސްވެރިންގެ އަޑު - ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރުން
އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފެކްޓަރީއަށް މަސްވެރިން ކިރި މަހަށް ފައިސާ ނުދީ މިލިއަނުން ފައިސާ ހިފަހައްޓާފައިވާ މައްސަލައިގައި މަސްވެރިން މުޒާހަރާ ކުރަން ފަށާފައިވަނީ ހުކުރު ދުވަހުއެވެ.

މިފްކޯއިން ފައިސާ ނުދޭތީ އިތުރަށް ދަރަނިވެރިވެގެން މަހަށް ދެވެން ނެތްކަމަށް މަސްވެރިން ދަނީ ބުނަމުން - ފޮޓޯ: ކެޔޮޅަގެ ދިޔެ / ޓްވިޓަރ

އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަމުން ދަނީ މަސްވެރިން ބޭނި މަސް ކިރިތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މިފްކޯއިން ފައިސާ ދީފައި ނުވާތީ - ފޮޓޯ: ކެޔޮޅަގެ ދިޔެ / ޓްވިޓަރ

ހުޅުމީދޫގައި ހުންނަ މަސް ފެކްޓަރީ ކައިރިއަށް އެއްވެ މަސްވެރިން ދަނީ ހުކުރު ދުވަހުން ފެށިގެން މުޒާހަރާ ކުރަމުން - ފޮޓޯ: ކެޔޮޅަގެ ދިޔެ / ޓްވިޓަރ

މުޒާހަރާގެ ބައިވެރިއެއް ބުނެފައިވަނީ އީދަށްފަހު މާދަން ސްކޫލް ހުޅުވޭއިރު، ސްކޫލަށް ދާ ކުދިންނަށް ބޭނުންވާ ތަކެތި ގަނެވޭނެ ގޮތެއް ނެތްކަމަށާއި އިންޓަވަލް ގަނެވޭނެ ގޮތާއި ސްކޫލަށް ދާ އުޅަނދަށް ފީ ދޭނެގޮތެއް ވެސް ނެތްކަމަށާއި ކުދިންނަށް ކާންދޭނެގޮތެއް ނެތުމުން އާއިލާތައް އެއްކޮށް ނިކެމަތިވެ ބިކަ ވެއްޖެކަމަށް - ފޮޓޯ: ކެޔޮޅަގެ ދިޔެ / ޓްވިޓަރ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ބައްދަލުކުރުމާއި ދެންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ޑިމާންޑުކުރަމުންދޭ - ފޮޓޯ: ކެޔޮޅަގެ ދިޔެ / ޓްވިޓަރ

މަސްވެރިން ޑިމާންޑް ކުރަމުންދަނީ ކިރުވި މަހަށް ފައިސާ ދިނުމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް - ފޮޓޯ: ކެޔޮޅަގެ ދިޔެ / ޓްވިޓަރ