ޗިލީގެ މެދުތެރޭގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނަދަމުން ދިއުން
ޗިލީގައި ކާފިއުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޮފިޝަލުން ވިދާޅު ވަނީ ކާފިއުގެ މުއްދަތު އިތުރުކޮށްފައި މިވަނީ 112 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ލިބިފައިވާތީ ކަމަށެވެ.

ތިން ލައްކަ މީހުންގެ އާބާދީއެއް އޮންނަ މި ސިޓީއަކީ މަޝްހޫރު ބީޗް ރިސޯޓެކެވެ. ހޫނު މޫސުމުގައި މަޝްހޫރު މިއުޒިކް ފެސްޓިވަލެއް ކޮންމެ އަހަރުވެސް މިތާ ބާއްވައި: (އޭޕީ ފޮޓޯ)

ވިނާ ޑެލް މާރްގެ އިރުމަތީ ފަރާތުގެ ބައެއް އަވަށްތަކުގައި އަލިފާން ރޯވެ ދުމުގެ އަސަރުކޮށް ބައެއް މީހުން އެމީހުންގެ ގޭގޭގައި ތާށިވި : (އޭޕީ ފޮޓޯ)

އަލިފާންރޯވެ އަނދަމުން ދިޔައީ ވިނާ ޑެލް މާރް ސިޓީގެ ވަށައިގެން ވަރަށް ބާރުމިނުގައި : (އޭޕީ ފޮޓޯ)

ވިނާ ޑެލް މާރގެ ޖަންގަލީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރައްޔިތުން ސަލާމަތްވާން ރައްކާތެރި ހިސާބުތަކަށް ދަނީ. (އޭޕީ ފޮޓޯ)

އަލިފާން ރޯވާން ފެށީ ފަރުބަދަމަތީ، ޖަންގަލީގެ ސަރަހައްދުތަކުގައި، އެތަންތަނަށް ވާސިލުވާން ދަތި ސަރަހައްދުތަކުގައި: (އޭޕީ ފޮޓޯ)

އޮފިޝަލުން ބުނީ ވިނާ ޑެލް މާރާއި ވަށައިގެންވާ ސަރަހައްދުން 200 މީހުން ގެއްލިފައިވާ ކަމަށް: (އޭޕީ ފޮޓޯ)