ހަނގުރާމައަށް 114 ދުވަސް، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުމެއްނެތި ކުރިއަށް
ހަނގުރާމައަށް 114 ދުވަސްވެފައި ވާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.
ޒުނާނާ ޒާލިފް
29 ޖެނުއަރީ 2024

ފަލަސްތީނު ބަޔަކު ކުނިތަކެއްގެ ތެރެއިން އެއްޗެހި ހޮވަނީ - ފޮޓޯ: ރޮއިޓަރސް

ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ހަމަލާއެއްގެ ފަހުން ދުން އަރާ މަންޒަރު - ފޮޓޯ: ރޮއިޓަރސް

ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ތެރެއިން ގެދޫކޮށް ދާންޖެހުނު ފިރިހެނަކު ރޮށި ފިހަނީ - ފޮޓޯ: ރޮއިޓަރސް

އަންހެނަކު، ކޮތަޅެއްގެ މަތީގައި އިށީނދެއިން ދަރިފުޅާއެކު - ފޮޓޯ: ރޮއިޓަރސް

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އާއިލާއާއެކު ޚާން ޔޫނިސްގައި ހުންނަ އޭނާގެ ގެ ދޫކޮށް ދާންޖެހުނު އަސީލް އަބޫ ހައްދާފް (މެދުގައި). އަސީލަކީ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުންއައި ފަލަސްތީނުގެ ދަރިވަރެއް - ފޮޓޯ: ރޮއިޓަރސް