ޣައްޒާގައި ތާށިވެފައި ތިބި ބޭރުގެ ފަރާތްތައް ރަފާހް ބޯޑަރު ހުރަސް ކުރަނީ
ޣައްޒާގައި ތާށިވެފައި ތިބި ބޭރުގެ ފަރާތްތައް ޣައްޒާއިން ބޭލުމަށް ރަފާހް ބޯޑަރު ހުޅުވީ 1 ނޮވެންބަރގައެވެ.

ޒަހަމްވި ފަލަސްތީނުގެ ފިރިހެނަކު އެމްބިއުލާންސްގައި އިށީނދެލައިގެން، މިސްރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް މެޑިކަލް ވޯކަރުން ގެންދާނެ އިރެއްގެ އިންތިޒާރުގައި - ފޮޓޯ: ރޮއިޓަރސް

ޣައްޒާއިން ނުކުތުމުގެ ހުއްދައަށް އިންތިޒާރު ކުރާ ފަލަސްތީނު މީހުން ހިނގާފައި ދަނީ - ފޮޓޯ: ރޮއިޓަރސް

ޣައްޒާއިން ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުން ދިޔަ ފަލަސްތީނު މީހަކު ސްވިޒަލޭންޑްގެ ޕާސްޕޯޓް ހިފައިގެން - ފޮޓޯ: ރޮއިޓަރސް

ޣައްޒާއިން ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރާ އެމެރިކާގެ ޕާސްޕޯޓް ހިފައިގެން އިން ފަލަސްތީނުގެ މީހެއްގެ ކައިރީގައި ކުޑަކުއްޖަކު އޮށޯވެލައިގެން - ފޮޓޯ: ރޮއިޓަރސް

ބޭރުގެ ޕާސްޕޯޓެއް ހިފައިގެން ހުރި ފަލަސްތީނު މީހަކު ޣައްޒާއިން ފުރުމުގެ ހުއްދައަށް އިންތިޒާރުކުރަނީ - ފޮޓޯ: ރޮއިޓަރސް

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިސްރާއީލުގައި ހުރި ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމަށްވާ ޚާލިދު އަލް ބަހްނާސީ، އިޒްރޭލު ސިފައިން އޭނާއަށް އަނިޔާކުރި ކަމަށް ބުނި، އޭނާ ރަފާ ބޯޑަރަށް އައުމުން މީހުން އޭނާއަށް މަރުހަބާ ކިޔަނީ - ފޮޓޯ: ރޮއިޓަރސް