ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަނީ
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނަށް ތާއީދުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ މުޒާހަރާކުރަމުންނެވެ.

ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކުރުމަށް ބޭއްވި މުޒާހަރާގައި ބައިވެރިވި އަންހެނުން ބޯޑުތަކެއް ހިފައިގެން - ފޮޓޯ: ރޮއިޓާސް

ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުންގެ ޖަމިއްޔާއަކާއި އިޖުތިމާއީ އަދި ދީނީ ޖަމިއްޔާއަކުން ބޭއްވި މުޒާހަރާގައި ފަލަސްތީނަށް ތާއީދުކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ - ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގެ އެންކްލޭވްގައި ކުޑަކުދިންނާ އެއްބައިވަންތަކަމުގެ ގޮތުން ކުޑަކުއްޖަކު ކުޅޭއެއްޗެއް ހިފައިގެން - ފޮޓޯ: ރޮއިޓާސް

ފަލަސްތީނާ އެކު ހިޒްބުاللهގެ ސަޕޯޓަރުން އިހުތިޖާޖު ކުރަމުންދާއިރު އަންހެނަކު ރޮނީ - ފޮޓޯ: ރޮއިޓާސް

ފަލަސްތީނަށް ތާއީދުކޮށް މެލޭޝިއާގެ ރައްޔިތުން އެމެރިކާގެ އެމްބަސީ ކައިރީގައި މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓާސް

ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާގައި އަންހެނަކު ބެނާއެއް ހިފައިގެން - ފޮޓޯ: ރޮއިޓާސް