އިސްރާއިލް - ޣައްޒާ ހަނގުރާމައަށް 20 ދުވަސް
އިސްރާއިލާއި ޣައްޒާގެ ހަނގުރާމައިގެ ފޮޓޯތަކުން ފެންނަނީ ހިތާމައާއި ބިރުވެރިކަމެވެ. ވޭނާއި ކެކުޅުމެވެ. ހިތްދަތިކަމާއި، ނާމާންކަމެވެ. އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގަމުންދާ ތިން ހަފުތާއާ މިވަނީ ގާތްވެފައެވެ.

ހަމަ އެ ސިޓީގައި އިމަރޖެންސީ ސަރވިސްގެ މުވައްޒަފުން ހަށިތައް ހޯދުމުގެ މަސައްކަތް ކުރާ ގެތަކުގެ ކުނިތައް ނައްތާލަނީ-- ފޮޓޯ: ގެޓީއިމޭޖްސް

ލުބުނާނުގެ ބޯޑަރު ކައިރީގައި ބޭއްވި ޑްރިލްއެއްގައި އިސްރާއީލުގެ އަސްކަރީ ޓޭންކުތަކުން ބައިވެރިވަނީ --- ފޮޓޯ: ރޮއިޓާސް

ރަފަހް ބޯޑަރު ހުރަސްކޮށް މިސްރުން ޣައްޒާއަށް ވަނުމަށް އިންސާނީ އެހީ ހިފައިގެން ލޮރީތަކުގެ ގާފިލާއެއް ކިޔޫ ހަދައިފި -- ފޮޓޯ: ގެޓީއިމޭޖްސް

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގައި މަރުވި މީހުންގެ ހިތާމައިގައި ފަލަސްތީނުގެ އަންހެނުން ހިތާމަފާޅުކުރަނީ --- ފޮޓޯ: ރޮއިޓާސް