އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 1500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 13 ދުވަހުގެ ތެރޭގައި 1500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

ތެޔޮ ލިބުމުގެ ދަތިކަމުގެ ތެރޭގައި، ތެޔޮ އަޅަން އިންތިޒާރުކުރާ މީހެއްގެ ދަރިފުޅު ކާރުގައި ނިދާފައި އޮތް މަންޒަރު - ފޮޓޯ: ރޮއިޓާސް

އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވި ގެއަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ގޮވައިގެން ޕެރަމެޑިކް އޮފިސަރެއް ދަނީ - ފޮޓޯ: ރޮއިޓާސް

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ކުއްޖެއްގެ ހަށިގަނޑު މީހަކު އުފުލަނީ - ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ވަށާލާފައިވާ ޣައްޒާއަށް ޖެހިޖެހިގެން ވައިގެމަގުން ދިން ވަރުގަދަ ހަމަލާތަކުގައި ޒަހަމްވި ކުއްޖަކު މީހަކު އުފުލަނީ - ފޮޓޯ: ރޮއިޓާސް

އިޒްރޭލުގެ ހަމަލާއެއް ދިން ސަރަހައްދުގައި ކުޑަކުއްޖަކު އުނދޯލި ހެއްލަނީ - ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ވަށާލާފައިވާ ޣައްޒާއަށް ޖެހިޖެހިގެން ވައިގެމަގުން ދިން ވަރުގަދަ ހަމަލާތަކުގައި ޝަހީދުކޮށްލި ކުޑަ ކުއްޖަކު ވަޅުލާ މަންޒަރު - ފޮޓޯ: ރޮއިޓާސް