އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އެކި ގައުމުތަކުގައި މުޒާހަރާކުރަނީ
އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ދިން ހަމަލާއާ ގުޅިގެން މީހުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.

އިޒްރޭލާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކުރިޔަށްދާއިރު، ޔަމަނުގެ ސަންއާގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައްޔިތުން އިހުތިޖާޖުކުރަނީ - ފޮޓޯ: ރޮއިޓާސް

ތުރުކީގައި ކުރިއަށްދާ މުޒާހަރާގައި ފަލަސްތީނަށް ތާއީދުކުރާ މީހުންގެ ކައިރީގައި ތުރުކީގެ ރަޔަޓް ފުލުހަކު މަޑުކޮށްލައިގެން - ފޮޓޯ: ރޮއިޓާސް

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށް ފިލިޕީންސްގައި މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓާސް

އިޒްރޭލާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ލުބުނާނުގައި ކުރިޔަށްދިޔަ މުޒާހަރާގައި ހިޒްބުﷲގެ ސަޕޯޓަރަކު ރޮނީ - ފޮޓޯ: ރޮއިޓާސް

އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކައިރޯ ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓާސް

އިޒްރޭލާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކުރިޔަށްދާއިރު، ޔަމަނުގެ ސަންއާގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރައްޔިތުން އިހުތިޖާޖު ކުރަނީ - ފޮޓޯ: ރޮއިޓާސް