އޯލެވެލް އިން އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް އިނާމް ދިނުމުގެ ރަސްމިއްޔާތު
އޯލެވެލް އިން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ވަނީ ދެ ރޭގެ މަތިން ދަރުބާރުގޭގައި ބާއްވާފައެވެ.

ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދަރުބާރުގެއަށް ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް

ޓޮޕް އެޗީވާސް އެވޯޑްސް 2021-2022 ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އިމްތިހާނުން ތިންވަނަ ހޯދި 45 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިނާމު ދެއްވި - ފޮޓޯ: ރައީސް އޮފީސް

ދެވަނަ ހޯދި 16 ދަރިވަރަކަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އިނާމު ހަވާލުކޮށްދެއްވި - ފޮޓޯ: ރައީސް އޮފީސް

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އޯލެވެލް އިން އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން - ފޮޓޯ: ރައީސް އޮފީސް