ރައީސްގެ ދެކަނބަލުން ޓީއެފްޖީ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ބުދަ ދުވަހު، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވައިފައެވެ.

މި ސެންޓަރުގައި "ޖިމް އެންޑް ކެރީ" ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއްވެސް ހުރޭ - ފޮޓޯ: ރައީސް އޮފީސް

ކުޅިވަރުގެ ތެރެއިން އެތްލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ޚާއްޞަކޮށް "ހީލަރ" ރޫމެއްވެސް މި ސެންޓަރުގައި ހިމެނޭ - ފޮޓޯ: ރައީސް އޮފީސް

އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ޗޭންޖިން ރޫމާއި، "އައިސް ބާތު" އަދި "ސްޓީމް ރޫމް" ތައް މި ސެންޓަރުގައި ހިމެނޭ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ޚިދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުން ލިބޭ ޚިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޓީއެފްޖީ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވާފައި ވަނީ ބުދަ ދުވަހު - ފޮޓޯ: ރައީސް އޮފީސް

މި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިންގ ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރަޕީ ރޫމެއްވެސް ހިމެނޭ - ފޮޓޯ: ރައީސް އޮފީސް

މި ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200 މީހުންނަށް ޚިދުމަތް ދެވޭނެ - ފޮޓޯ: ރައީސް އޮފީސް