ކާނަލް ނާޒިމް އަދި ޝައިޙް އިމްރާން އަނބުރާ ޖަލަށް ގެންދިއުން

އިމްރާން އަބުދުﷲ ބަލާ ކަރެކްޝަންސްގެ ބޭފުޅުން އެގެއަށް ގޮސް ތިއްބާ އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ތަނެއްގައި ހުންނެވިޔަސް، ހުންނަވާނީ ރައްޔިތުންނާއެކުގައި ކަމަށް

އިމްރާން އިދިކޮޅު ފަރާތްތަކާއިއެކު ފޮޓޯއަކަށް ހުއްޓިލައިގެން. އިމްރާން ދަނީ 12 އަހަރުގެ ޖަލު ހުކުމެށް ތަންފީޒް ކުރަމުން

އިމްރާން ރާއްޖެ ޓީވީގެ ވިސާމަށް އިންޓަވިއު ދެއްވަނީ

ނާޒިމާއި އިމްރާނާއެކު އަދާލަތް ޕާޓީގެ ރައީސް އިމްރާންވެސް ވަނީ ޖަލަށް ބަދަލުކޮށްފައެވެ.

ނާޒިމް ޖަލަށް ބަދަލުކުރުމަށް ކަރެކްޝަންސްގެ އޮފިސަރުން މ. ސީނުކަރަންކާގެ ބޭރުގައި މަޑުކޮށްލައިގެން. ނާޒިމް ގޭބަންދަށް ބަދަލުކޮށްފައިވަނީ 26 މެއިގައި ރޯދަމަހާއި ދިމާކޮށެވެ.

ނާޒިމް އަނބުރާ ޖަލަށް މި ގެންދެވީ އޭނާގެ އެޕާޓްމަންޓުން ފެނުނު ހަތިޔާރާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަދީބު ވިދާޅުވެފައިވަނިކޮށެވެ.

ނާޒިމްގެ މައްޗަށް ހިންގާފައިވަނީ ޝަރީއަތަކީ އިޖުރާއަތްތަކާ ޚިލާފަށް ހިންގާފައިވާ ޝަރީއަތެއް ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ވަނީ ކަނޑައަޅާފައެވެ.

އަނބުރާ ޖަލަށް ބަދަލުކުރުމުގެ ކުރިން ނާޒިމް އާއިލާގެ ބޭފުޅުންނާއެކު

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ނާޒިމް ގޭބަންދުގައި ބެހެއްޓުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފިއެވެ.