ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން
ހޯމަ ދުވަހުގެ ހަވީރު 5:28 ގައި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 އެވެ. މިއީ، ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ހޯމަ ދުވަހުގެ ހަވީރު 5:28 ގައި ފަރެސްމާތޮޑާ އެއަރޕޯޓަށް ފުލައިޓް ޖައްސަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި މަންޒަރު ބަލަން އެރަށުގެ ރައްޔިތުން އެއަރޕޯޓް ފެންސް ކައިރީގައި - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު ޓެކްސީވޭގައި މަޑުކޮށްލައިގެން - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓްގެ އެޓެންޑެންޓް ބޯޓުގެ ދޮރުހުޅުވުމަށްފަހު ބޭރު ބަލާލަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ފައިބައިވަޑައިގަންނަވަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި މަންޒަރު ބަލަން ގޮސް ތިބި މީހުން އެރައިވަލް ޓާމިނަލްގެ ބޭރުގައި މަޑުކޮށްލައިގެން - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމާއި ގުޅިގެން އެ ފްލައިޓުން އައި މީހުންނަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި މަންޒަރު ބަލަން ގޮސް އިން އެރަށުގެ އުމުރުން ދުވަސްވީ މީހެއް - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމާއި ގުޅިގެން އުފަލުން މިނިސްޓަރ އަސްލަމް ގައިގައި ދޮށީ އުމުރުގެ މީހަކު ބައްދާލަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ