ސިޔާސީ ހަމަނުޖެހުންތަކާއެކު ޕެރޫގައި މުޒާހަރާކުރަނީ
ޕެރޫގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއެކު އެ ގައުމުގެ ރައްޔިތުން ވަނީ މުޒާހަރާކުރަން ފަށާފައެވެ.

ރައީސް ޕެޑްރޯ ކެސްޓިލޯ މަގާމުން ދުރުކުރަން ކޮންގްރެސްއިން ރުހުން ދިނުމާ ގުޅިގެން, ރިޔާސީ އިންތިޚާބަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ކަރުނަ ގޭސް ކެނިސްޓަރެއް އެއްލަނީ - ފޮޓޯ: ރޮއިޓަރސް

ޕެރޫގެ އިންތިގާލީ ރައީސް ޑީނާ ބޮލުއާޓޭ، އިމްޕީޗްމަންޓް ޝަރީއަތުގައި ރައީސް ޕެޑްރޯ ކެސްޓިލޯ މަގާމުން ދުރުކުރަން ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނުމާ ގުޅިގެން ކޮންގްރެސްއިން އެ މަގާމާ ހަވާލުވުމަށް ގޮވާލި - ފޮޓޯ: ރޮއިޓަރސް

ރައީސް ޕެޑްރޯ ކެސްޓިލޯ މަގާމުން ދުރުކުރަން ކޮންގްރެސްއިން ރުހުން ދިނުމާ ގުޅިގެން, ޕެރޫގެ ދިދަތައް ހިފައިގެން އެއްވި މީހުން - ފޮޓޯ: ރޮއިޓަރސް

ރައީސް ޕެޑްރޯ ކެސްޓިލޯ މަގާމުން ދުރުކުރަން ކޮންގްރެސްއިން ރުހުން ދިނުމާ ގުޅިގެން, ކެސްޓިލޯ ދިރިއުޅުއްވަމުން ގެންދެވި ކަމަށް ބުނާ ޕްރިފެކްޗާ ކައިރީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުން ކުރިމަތިލަނީ - ފޮޓޯ: ރޮއިޓަރސް

ރައީސް ޕެޑްރޯ ކެސްޓިލޯ ހުންނެވި ކަމަށް ބުނާ ލީމާގެ ޕްރިފެކްޗާ ކައިރީގައި މުޒާހަރާގެ ތެރެއިން ކަރުނަ ގޭސް ޖަހަނީ - ފޮޓޯ: ރޮއިޓަރސް

ރައީސް ޕެޑްރޯ ކެސްޓިލޯ މަގާމުން ދުރުކުރަން ކޮންގްރެސްއިން ރުހުން ދިނުމާ ގުޅިގެން ކުރި މުޒާހަރާގެ ތެރެއިން އަންހެނަކު އިޝާރާތެއް ކުރަނީ - ފޮޓޯ: ރޮއިޓަރސް