ރޯދަމަހާއި އަޅުކަން

ރޯދަމަހު މިސްކިތުގައި ބަޔަކު ގުރުއާން ކިޔަވަނީ

ރޯދަމަހު މިސްކިތުގައި ގުރުއާން ކިޔަވަން ގިނަވަގުތު ތިބޭމީހުން ގިނަކަން ފާހަގަ ކުރެވޭ

ރަމަޟާން މަހު ކުޑަކުއްޖަކަށް ގުރުއާން ކިޔަވާދެނީ. ރަމަޟާން މަހަކީ ސަވާބާއި ދަރުމައިގެ މައްސަރު

ރަމަޟާން މަހަކީ ލައިލަތުލް ގަދްރި ވިލޭރޭ ހިމެނޭ މަހަށް ވުމާއިއެކު އެ ރޭގެ ސަވާބާއި ދަރުމަ ލިބިގަތުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރޭ

ރޯދަމަހަކީ އެހެން މަސްތަކަށްވުރެ ގިނައިން މީހުން އަޅުކަމުގައި ޝާމިލްވާ މަހެއް

ރަމަޟާން މަހަކީ އެމަހެއްގައި ގުރުއާން ބާއްވައި ލެއްވުނު މަސްކަމަށް ވާއިރު ރަަމަޟާން މަހު ގިނަގިނައިން ގުރުއާން ކިޔަވާ ހެދުމަކީ ދިވެހިންގެ މެދުގައިވެސް އާއްމުކޮށް ފެންނަ ކަމެއް

މިސްކިތްތަކުގައި އެކި އުމުރުފުރައިގެ މީހުން ގުރުއާން ކިޔެވުމުގައި ރޯދަ މަހު ގިނަ ވަގުތުތައް ހޭދަކުރޭ

ރަމަޟާން މަހަކީ އިންސާނާގެ ނަފްސު އިސްލާހު ކޮށް ޝަހުވަތްތަކުގެ އަޅުވެތިކަމުން މިންޖުވާން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް އިލްމްވެރިން ވިދާޅުވޭ

ރޯދަމަހު މީހަކު މިސްކިތުކަރި ގުރުއާން ކިޔަވަނީ. ރޯދަ މަހަކީ އެންމެހައި މީހުންވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާ މަސްސަރެކެވެ

ނަމާދު ކުރުމަށް ރޯދަމަހު އާދަޔާ ޚިލާފު ޝައުގުވެރިކަމެއް މުސްލިމުންގެ ހިތްތަކުގައި އުފެދޭކަން ފާހަގަ ކުރެވޭ