މަޚްލޫފު ޖަލުން މިނިވަންވެވަޑައިގަތުމުން ރައްޔިތުންނާއި ބައްދަލުކުރެއްވުން
މިނިވަންވެވަޑައިގަތުމާއި ގުޅިގެން މަޚްލޫފް ވަނީ ހުކުރު ނަމާދަށްފަހު ރައްޔިތުންނާއި ބައްދަލުކުރައްވާފަ
ހުކުރު ނަމާދަށްފަހު މަޚްލޫފު ރައްޔިތަކާއި ބައްދަލުކުރައްވަނީ
ކުޑަ ކުއްޖަކާއި އެކު މަޚްލޫފު ފޮޓޯއަކަށް ހުއްޓިލައިގެން
ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުކުރު ނަމާދަށްފަހު މަޚްލޫފާއި ބައްދަލުކޮށްފަ
އެކި އެމުރުގެ ރައްޔިތުން ވަނީ މަޚްލޫފާއި ބައްދަލުކޮށް، މަޚްލޫފުގެ ހިތްވަރަށް ސާބަސް ދީފަ
10 މަހާއި 24 ދުވަސް ޖަލުގައި ހޭދަކުރައްވާފައިވާއިރު، މި މުއްދަތުގައި ރައްޔިތުންގެ މެދުގައި މަޚްލޫފުގެ މަޤުބޫލުކަން ވަނީ އިތުރުވެގެން ގޮސްފަ
މަޚްލޫފާއި ބައްދަލުކުރި ރައްޔިތުން މަޚްލޫފު ސިފަކުރަނީ ހިތްވަރުގަދަ، ހިތްހެޔޮ، ހިތްތިރި ޚިދުމަތްތެރިއެއްގެ ގޮތުގައި
މަޚްލޫފު ފާހަގަކުރެވިފައިވަނީ މީޑިއާތަކާއި ވަރަށް ގާތް ރަހުމަތްތެރިކަމެއް ބާއްވަވާ ބޭފުޅޭއްގެ ގޮތުގައި. އެގޮތުން މަޚްލޫފް ގެންދަވަނީ ރާއްޖެޓީވީން ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދޭ ކުޑަކުދިންގެ ޕްރޮގްރާމެއް ހޯސްޓްވެސް ކޮށްދެއްވަމުން
މަޚްލޫފު ފާހަގަކުރެވެނީ ސިޔާސީ އެކި ފިކުރުގެ ފަރާތްތަކުގެ މެދުގައިވެސް މަޤުބޫލު ބޭފުޅެއްގެ ގޮތުގައި