ލ. ދަނބިދޫ ބޯޓް އެއް ފަރަށް އަރައި ގެއްލުން ތަކެއްވުން
ދަނބިދޫގައި އަޑިއަށް ދިޔަ ދޯނީގައި ހުރި މުދާ
ދަނބިދޫ ކައުންސިލް އިން މައުލޫމާތުދޭ ގޮތުގައި ދޯނި އަދިވެސް އޮތީ ފަޅުތެރޭ އަޑިއަށްގޮސްފައެވެ
ބޯޓު ފަރަށް އެރީ ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތަށް ކަމަށާއި ބޯޓު ފަރަށް އެރުމުން ފުންކުރުމަށް ފަހަށް ޖެހިވަގުތު ނެގި ރާޅަކާއެކު ބޯޓު އަޑިއަށް ދިޔައީ ކަމަށް ދަނބިދޫ ކައުންސިލުން ބުނޭ
އެބޯޓުގައި ގާތްގަނޑަކަށް މިލއަނެއްހާ ރުފިޔާގެ އެކިވައްތަރުގެ މުދާ ހުންނާނެ ކަމަށާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ބޯޓުން ސަލާމަތް ކުރެވެންހުރިހުރިހާ މުދަލެއް ވަނި ސަލާމަތް ކޮށްފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ ދޯނި ފަރަށް އެރީ މާލެއިން މުދާ ބަރުކޮށްގެން އައިސް އެރަށަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ދަނބިދޫ ފަޅަށް ވަންނަން އުޅެނިކޮށް ބޯޓް އަޑިއަށް ގޮސްފައި