ޗެންޕިއަންސް ލީގް، ރެއާލް އިން 12 ވަނަ ތަށި އުފުލާލައިފި

ރެއާލް މެޑްރިޑުން ތަށި އުފުލާލަނީ، އެޓީމު ފައިނަލަށް ދަތުރުކުރީ ސެމީގައި އެޓްލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ، އޭނާ ވަނީ މި މެޗުގައި ޔުވަންޓަސްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަން މަސައްކަތްކޮށްފައި

ރެއާލް މެޑްރިޑްގެ ކޯޗު ޒިދާންއާއެކު ބައެއް ސަޕޯޓަރުން، ޒިދާން ވަނީ މިދިޔަ ސީޒަނުގައިވެސް ރެއާލްއަށް ޗެމްޕިއަންސް ލީގު ހޯދައިދީފައި

ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު ރެއާލް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ، މިއީ ރޮނާލްޑޯ ކެރިޔަރުގައި ކާމިޔާބުކުރި ހަތަރު ވަނަ ޗެމްޕިއަންސް ލީގު ތަށި

ބުފޮން ކޮޅަށް ކަސްމީރޯ ލަނޑު ޖަހަނީ، ކަސްމީރޯ މި ލަނޑު ޖެހީ 30 ޔާޑު ދުރުން، ބޯޅަ ގޯލަށް ވަނީ ޔުވަންޓަސްގެ މިޑްފިލްޑަރު ކެދީރާ ގައިގައި ޖެހިގެން

ކްރިސްތިއާނޯ ރޮނާލްޑޯ މެޗު ނިމުމުން އުފާފާޅުކުރަނީ، މި މެޗުގައި އޭނާ ވަނީ ދެ ލަނޑު ކާމިބުކޮށް ކެރިޔަރުގައި 600 ލަނޑު ކާމިޔާބުކޮށްފައި

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސް އޭނާގެ ދެ ކުދިންނާއެކު ދަނޑުމަތީގައި، ފައިނަލު މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

ރެއާލް މެޑްރިޑުން 12 ވަނަ ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ، މިއީ އެޓީމުން ޗެމްޕިއަންސް ލީގު ތަށި ޖައްސަޖައްސައިގެން ކާމިޔާބުކުރި ދެވަނަ ފަހަރު