ބީޖޭޕީގެ 2 އޮފިޝަލުން ރަސޫލާއަށް ފުރައްސާރަކުރުމާ ގުޅިގެން ކުރިއަށްދިޔަ އިހުތިޖާޖުގެ ތެރެއިން
ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ, ބާރަތަޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ދެ އޮފިޝަލުން ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އިންޑިއާގައި އެގައުމުގެ މުސްލިމުން ވަނީ އިހުތިޖާޖުކޮށްފައެވެ.

15 ގައުމުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ބަލައިނުގަނެވޭނަކަމަށް ބުނެ އިންޑިއާ ސަރުކާރުން އެކަމާއި ގުޅިގެން މައާފަށް އެދުމަށް ގޮވާލާފައި - ފޮޓޯ: ރޮއިޓަރސް

އުރުދުން، އަފްގާނިސްތާން، ބަހުރައިން، ދިވެހިރާއްޖެ އަދި ލީބިޔާއާއި އިންޑޮނޭޝިއާއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައި - ފޮޓޯ: ރޮއިޓަރސް

އީރާން، ކުވައިތު، ގަތަރު އަދި ސައުދި އަރަބިއްޔާ ހިމެނޭހެން އޮމާން، ޔޫއޭއީ، އީރާނުން ވެސް ވަނީ އެކަން ކުށްވެރިކޮށްފައި - ފޮޓޯ: ރޮއިޓަރސް

ހޯމަ ދުވަހު މިކަމާ ގުޅިގެން އިންޑިއާގައި ކުރިއަށް ދިޔަ އިހުތިޖާޖުގައި 38 މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް

އިންޑިއާގައި އެގައުމުގެ އިސްލާމުން ވަނީ މިކަމާ ދެކޮޅަށް ގައުމުގައި އިހުތިޖާޖުކޮށްފަ - ފޮޓޯ: ރޮއިޓަރސް

އެ ދެމީހުންގެ ވާހަކަތައް ކުށްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކަކުން ދަނީ އިހުތިޖާޖުކުރަމުން - ފޮޓޯ: ރޮއިޓަރސް