ގެއްލުނު އުފުލި ހޯދައި އަނބުރައި މާލެ ގެނައުމުގެ މަސައްކަތް ކުރުން
ލޭންޑިންގ ކްރާފްޓް ގެއްލުނު އިރު ދަތުރު ކުރަމުންދިޔައީ، ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށެވެ. އުޅަނދުގައި 6 މީހުން ދަތުރު ކުރަމުން ދިޔައެވެ.
"މާރިޔާ-3" ނަމަކަށް ކިޔާ މި ކޮޅުވެއްޓި ފެނުނު އިރު އޭގައި ތިބި 6 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިމަހުގެ 16 ވަނަ ދުވަހު ގެއްލުނު ކޮޅުވެއްޓި ފެނިފައިވަނީ ހޮނިހިރު ދުވަހު ރޭގެ ވަގުތެއްގައި އިންޑިއާގެ ނޭވީ މަތިންދާ ބޯޓަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ކޮޅުވެއްޓި މިސްރާބު ގެއްލި އޮޔާ ދިޔައީ ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުންނަ ރޭމްޕުގެ ޗޭނު ކަނޑައިގެން ގޮސް، ކަނޑުތެރެއަށް ވެއްޓުމާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން
ހަ މީހުންނާއެކު ގެއްލިގެން ހޯދަމުން ދަނިކޮށް، ރާއްޖެއާ 130 ނޯޓިކަލް މޭލް ބޭރުން ފެނުނު ކޮޅުވެއްޓި، މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ
ގެއްލިގެން ހޯދަމުން ދިޔަ ރާއްޖޭގެ ޓަގު ބޯޓު މާރިޔާ 3 އެއް ހޯދުމާއެކު އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، އިންޑިއާގެ ނޭވީ އަށްވަނީ ތައުރީފުކޮށްފައެވެ