ލަންކާގެ މުޒާހަރާތައް ހޫނުވުން
ސްރީލަންކާގައި ސަރުކާރަށް ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ ސަރުކާރަށް ތާއިދުކުރާ މީހުންނާ ސަރުކާރާ އިނދިކޮޅު މީހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ.

ސްރީލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގައި ގެތަކުގައި ހިފާ ގެންގުޅޭ ސަމާނަށްވެސް ވަނީ ގެންލުންދީފައި - ފޮޓޯ: ރޮއިޓަރސް

ސްރީލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާތާ މަސް ދުވަހަށްވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު، މުޒާހަރާތައް ހޫނުވާން ފަށާފައި ވަނީ ހޯމަ ދުވަހު - ފޮޓޯ: ރޮއިޓަރސް

ސްރީލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ ހިނގި ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި - ފޮޓޯ: ރޮއިޓަރސް

ސްރީލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ މީހުންގެ ގެތަކުގައާއި އުޅަނދުތަކުގެ އިތުރުން އެއްޗެހީގައި ވަނީ ރޯކޮށްފަ - ފޮޓޯ: ރޮއިޓަރސް

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ރަސްމީ ގެކޮޅު ކުރުމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާ ހޫނުވުން - ފޮޓޯ: ރޮއިޓަރސް

ސްރީލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ސަރުކާރަށް ތާއިދުކުރާ މީހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައި - ފޮޓޯ: ރޮއިޓަރސް

ސްރީލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ރޮއިޓަރސް