ކޮވިޑް ކޭސްތައް އިތުރުވެ ބެއިޖިންގގެ މުޅި އާބާދީ ޓެސްޓުކުރަނީ
ކޭސްތައް ގިނަވެ ލޮކްޑައުނަކަށް ދާންޖެހިދާނެތީ ބެއިޖިންގގެ މުޅި އާބާދީ ކޮވިޑް-19ށް ޓެސްޓުކުރަން ޗައިނާ ސަރުކާރުން ނިންމިއެވެ.

ބެއިޖިންގގައި މީހަކު ކޮވިޑް-19ށް ޓެސްޓުކުރުމަށްފަހު އޭނާގެ ފޯނުގައިވާ ކިއުއާރު ކޯޑު ޗެކުކުރަނީ - ފޮޓޯ: ރޮއިޓަރސް

ކޮވިޑް ކޭސްތައް އިތުރުވެ ބެއިޖިންގގެ މުޅި އާބާދީ ޓެސްޓުކުރަން ނިންމައި ޤާއިމުކޮށްފައިވާ ޓެސްޓުކުރާ ސްޓޭޝަންތައް ހުންނަ ސަރަޙައްދުގައި މީހުން ކިޔުގައި - ފޮޓޯ: ރޮއިޓަރސް

ކޮވިޑް ކޭސްތައް އިތުރުވެ ބެއިޖިންގގެ މުޅި އާބާދީ ޓެސްޓުކުރަން ފަށާފައިވާ ދަނޑިވަޅުގައި އެސިޓީގައި ދިރިއުޅޭ މީހަކު ޓެސްޓުކުރަނީ - ފޮޓޯ: ރޮއިޓަރސް

ޗައިނާގެ ކެޕިޓަލް ސިޓީގައި ކޭސްތައް އިތުރުވާން ފެށުމުން ހާލަތު ގޯސްވެދާނެކަމަށް ލަފާކޮށް، ކަމާބެހޭ ފަރާތްތަކުން ވަނީ މުޅި ސިޓީ ލޮކްޑައުނަކަށް ދިޔުމުން ސަލާމަތްކުރުމުގެ ގޮތުން، މުޅި އާބާދީ އެއްކޮށް ކޮވިޑަށް ޓެސްޓްކުރުމަށް ނިންމާފައި - ފޮޓޯ: ރޮއިޓަރސް

ބެއިޖިންގގައި ޤާއިމުކޮށްފައިވާ ކޮވިޑަށް ޓެސްޓުކުރާ މޮބައިލް ސްޓޭޝަނެއްގައި މީހަކު ޓެސްޓުކުރަނީ - ފޮޓޯ: ރޮއިޓަރސް

ކޮވިޑް ކޭސްތައް އިތުރުވެ ބެއިޖިންގގެ މުޅި އާބާދީ ޓެސްޓުކުރަން އެސިޓީގެ އެކި ސަރަހައްދުތަކުގައި ވަނީ މޮބައިލް ސްޓޭޝަންތައް ޤާއިމުކޮށްފައި - ފޮޓޯ: ރޮއިޓަރސް