ފަލަސްތީނުގެ އާންމު ރައްޔިތުންނާ އިސްރާއީލު ސިފައިންގެ ކުރިމަތިލުން
ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އަލް-އަޤްސާ މިސްކިތައް އެއްވެ ތިބި ފަލަސްތީންގެ ރައްޔިތުން އެތަނުން ފޮނުވާލުމަށް އިސްރާއީލް ސިފައިން ވަނީ ބާރުގެ ބޭނުންކޮށް ލާއިންސާނީ އެތައް އަމަލެއް ހިންގާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުންނާ އިސްރާއީލު ސިފައިންނާ ދެމެދު މަސޖިދުލް އަގުސާގައި ހިނގި ކުރިމަތިލުންތަކުގައި އިސްރާއިލް ސިފައިން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން - ފޮޓޯ: ރޮއިޓަރސް

ލަސްތީނުގެ އާންމު ރައްޔިތުންނާ އިސްރާއީލު ސިފައިންނާ ދެމެދު މަސޖިދުލް އަގުސާގައި ހިނގި ކުރިމަތިލުމުގެ ތެރެއިން - ފޮޓޯ: ރޮއިޓަރސް

ހުކުރު ދުވަހު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ފަލަސްތީންގެ 152 މީހަކަށްވަނީ އަނިޔާ ވެފައި - ފޮޓޯ: ރޮއިޓަރސް

ހުކުރު ނަމާދަށް އަލް-އަޤްސާ މިސްކިތައް އެއްވެ ތިބި ފަލަސްތީންގެ ރައްޔިތުން އެތަނުން ފޮނުވާލުމަށް އިސްރާއީލް ސިފައިން ވަނީ ބާރުގެ ބޭނުންކޮށް - ފޮޓޯ: ރޮއިޓަރސް

އިސްރާއީލް ސިފައިން ހިފާފައިވާ ސަރަހައްދުތަކުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާ އާއި، އަލްއަޤްސާ މިސްކިތުގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް އެރައްޔިތުން ދަނީ ގޮވާލަމުން - ފޮޓޯ: ރޮއިޓަރސް

އިސްރާއިލް ސިފައިންގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން މި ރަމްޟާން މަހުވެސް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ދަނީ - ފޮޓޯ: ރޮއިޓަރސް