އިންޑިއާގެ ފިލްމީ ބަތަލުންގެ ތެރެއިން ފާހަގަ ކޮށްލެވޭ 5 މަންމައިން

5- ވިއާން ރާޖްގެ މަންމަ ޝިލްޕާ ޝެޓީ ދަނީ އޭނާގެ ފިޓްނަސް ކެރިއާގެ އިތުރުން ކެމެރާ ކުރިމަތީގައި ކުރާ މަސަތްކަތްތައް ވެސް ކުރަމުން ނެވެ

4- ލިސްޓް ގެ ހަތަރު ވަނައިގައި ހިމެނޭ ކާޖޮލް އަކީ މިހާރުވެސް ބޮލީވުޑްގެ ގިނަ ފިލްމް ތަކަކުންފެންނަމުންދާ މަޝްހޫރު ބަތަލާ އެކެވެ. ކާޖަލް ބުނީ ފިލްމުކުޅުމަކީ އޭނާގެ ދެ ދަރިން ބެލުމަށްފަހު ކުރާ ކަމެށް ކަމަށެވެ

ކުރީގެ އެކްޓްރެސް އަދި އަކްޝޭ ކުމާރް ގެ އަންހެނުން ޓްވިންކްލް ޝަރްމާ ދަރިފުޅާއެކު މަޑުކޮށްލައިގެން

ދުނިޔޭގެ އެންމެރީތި އަންހެނާގެ މަގާމް ލިބިފައިވާ އައިޝްވާރިއާ ވަނީ ފިލްމީ ދާއިރާއަށް ވުރެން މަންމައެއްގެ ވާޖިބު އިސްކޮށް ފިލްމީ ކެރިއަރު ކޮންމެސް ވަރަކަށް މަޑުޖައްސާލާފައެވެ

އިންޑީއާގެ އެންމެ މަގުބޫލު އެއް ފިލްމީ ބަތަލާ ކަރީނާ ކަޕޫރް ދަރިފުޅާއިއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

މަންމައިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު އިންޑިއާގެ ފިލްމީ ދާއިރާގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ މަންމައިންނަކީ ފާހަގަކޮށްލެވޭ ބައެކެވެ.