ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމަ - އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށް ވެފައި
ބުރާސްފަތި ދުވަސް ފެށިގެންދިޔައީ ރަޝިޔާއިން ޔޫކްރެއިނަށް ދޭންފެށި އަސްކަރީ ހަމަލާތަކާއެކުއެވެ. ރަޝިޔާގެ އަސްކަރީ ފައުޖުތައް ވަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ޔޫކްރެއިނަށް ހަމަލާތައް ދޭންފަށާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ އެއް ގައުމުން އަނެއް ގައުމަކާ ދެކޮޅަށް މިހާ ފުޅާކޮށް ދޭ މިފަދަ ހަމަލާއެވެ. ޔޫކްރެއިންގެ ސިޓީތައް މަތިން މިސައިލްތައް އުދެހެމުންދާކަމަށް ޔޫކްރެއިންގެ ރައްޔިތުން ސިފަކުރަމުންދާއިރު, ބޯޑަރު ސަރަހައްދުގައިވެސް އޮތީ ރަޝިޔާގެ އަސްކަރީ ފައުޖުތަކެވެ. އަނެއްކޮޅުން ބްލެކް ސީއާއި އަޒޮވް ސީގެ އައްސޭރިފަށުގައިވެސް އޮތީ ރަޝިޔާގެ އަސްކަރީ ފައުޖުތަކެވެ. ހަނގުރާމަ ފެށުމާއެކު އެތައް މިލިއަން މީހުންނެއް ދަނީ ކައިރި ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް އެތެރެވަމުންނެވެ.

ޔޫކްރޭންގެ އުބްލާ ސްކޫލުގެ ޖިމް ހޯލު - ގެދޮރު ގެއްލުނު ފަރާތްތަކުން އެތަން ބޭނުންކުރަނި ވަގުތީ ޝެލްޓަރެއްގެ ގޮތުގައި - ފޮޓޯ: ރޮއިޓަރސް

ރަޝިއާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން އުބްލާ ސްކޫލުގެ ޖިމްގައި ރެފިއުޖީންގެ ޝެލްޓަރެއްގެ ގޮތުގައި އެތައް ބަޔަކު އަންނަނީ ބޭނުން ކުރަމުން - ފޮޓޯ: ރޮއިޓަރސް

ރަޝިއާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ރެފިއުޖީންނަށްވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ - ފޮޓޯ: ރޮއިޓަރސް

ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި އެތައް ކުޑަކުދިންނެއް ވަނީ މަގުމަތިވެފައި - ފޮޓޯ: ރޮއިޓަރސް

ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި އެތައް ކުޑަކުދިންނެއް ވަނީ މަގުމަތިވެފައި - ފޮޓޯ: ރޮއިޓަރސް

ރަޝިއާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ރެފިއުޖީންގެ ގޮތުގައި އެތައް ބަޔަކު - ފޮޓޯ: ރޮއިޓަރސް

ރަޝިއާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން އުބްލާ ސްކޫލުގެ ޖިމްގައި ރެފިއުޖީންގެ ޝެލްޓަރެއްގެ ގޮތުގައި އެތައް ބަޔަކު އަންނަނީ ބޭނުން ކުރަމުން - ފޮޓޯ: ރޮއިޓަރސް

ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ރެފިއުޖީންގެ ގޮތުގައި އެތައް ބަޔަކު ވަނީ ވެފައި - ފޮޓޯ: ރޮއިޓަރސް

ޔޫކްރެއިންއާ ރަޝިޔާގެ ހަނގުރާމަައިގައި ގެއެއް ސުންނާފަތިކޮށްލާފައި - ފޮޓޯ: ރޮއިޓަރސް

ޔޫކްރެއިންއާ ރަޝިޔާގެ ހަނގުރާމަައިގައި އެތައް ގެއެއް ވަނީ ބޭނުން ނުރެވޭ ވަރަށް ހަލާކުވެފައި - ފޮޓޯ: ރޮއިޓަރސް

ޔޫކްރޭންގެ ދިފާއުގައި ނުކުންނަން ތިބި ކޮންމެ ބަޔަކަށް ހަތިޔާރު ދޭނެކަމަށް އެގައުމުގެ ރައީސް ޒެލެންސްކީ ވިދާޅުވިތާ މާގިނައިރެއް ނުވެ އާންމުން ބަޑި ހިފައިގެން މަގުތަކަށް ވަނީ ނުކުމެފައި - ފޮޓޯ: ރޮއިޓަރސް

ޔޫކްރޭންގެ ވެރިރަށް ކީވް - ކީވްއަށް ރަޝިއާގެ ސިފައިން ވަނީ ހުކުރު ދުވަހު އަރާފައި - ފޮޓޯ: ރޮއިޓަރސް

ޔޫކްރެއިން ތެރޭގައި އެގައުމުގެ ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓަރސް