ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުން

ވޯޓް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިފަހަރުގެ އިންތިހާބުގައި ބައެއް މީހުން ވޯޓްލާން ދިޔައިރު، އެ މީހާގެ ނަމުގައި ވޯޓް ލާފައިވާ ކަމުގެ ޝަކުވާތައް ވެސް ލިބެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ވޯޓް ކަރުދާސްކޮޅުގައި އިތުރު ފާހަގަ ޖެހުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

މިއަދު ލޯކަލް ކައުންސިލް އިންތިހާބުގައި ނައިބު ރައީސް ޖިހާދް ވޯޓް ލައްވަނީ

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި، އޮފިޝަލުން މަދުވެގެން، ނުވަތަ ހާޒިރު ނުވެގެން އިންތިހާބަށް ބުރޫއެރުމަކީ، ދޯދިޔާ އިންތިހާޒުތަކެއް ހުރުމުން ކަމަށް ގަބޫލުކުރައްވާ

އެންމެ ލަހުން ވޯޓުލުން ފެށުނު ފޮށިތަކުގެ ތެރޭގައި ހުޅުމާލޭގައި ހުރި ބައެއް ފޮށިތަކާއި މާލޭގައި ބަހައްޓާފައި ހުރި ބ. އަތޮޅު ފޮއްޓާއި، މާލޭގައި ބަހައްޓާފައި ހުރި ކިނބިދޫ ދާއިރާގެ ވޯޓް ފޮށި ހިމެނެ އެވެ.

ވޯޓް ލާން ފެށުން ލަސްވި ސަބަބުތަކުގެ ތެރޭގައި މަރުކަޒަށް ވޯޓް ފޮށި ނުގެންދިއުމާއި ކަރުދާސް ނުގެންދިއުމާއި، ވޯޓް ފޮށި ނުގެންދިއުމުގެ އިތުރުން، އެހެން ބައެއް މައްސަލަތައް ވެސް ހިމެނެ އެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން ބުނި ގޮތުގައި ގާތްގަނޑަކަށް ތިރީހަކަށް ވޯޓް ފޮއްޓަށް ވޯޓުލުން ލަސްވެގެން ގޮސްފައިވެއެވެ

ލޯކަލް ކައުންސިލް އިންތިހާބު އިންތިހާބުގައި 422 ފޮށި ބަހައްޓާފައިވާއިރު، ގިނަ އަދަދެއްގެ ފޮށިތަކެއްގެ ވޯޓްލުން ފެށުނީ، މިހާތަނަށް އިންތިހާބެއްގައި ދުވަހަކު ވެސް ވޯޓުލާން ފެށުން ލަސް ނުވާހާ މިންވަރަށް

ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓްލުން މުޅި ރާއްޖޭގައި ކުރިއަށް ދާއިރު، އިންތިހާބުގެ ކަންކަމުގައި ދަނީ ވަރަށް ގިނަ ޝަކުވާތަށް ލިބެމުންނެވެ

މިއަދު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ވޯޓް ލައްވަނީ.

ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ބަޔަކު ވޯޓު ލަމުން އެބަ ދެއެވެ.