ކޮވިޑް19 - ބޭރުގައި އުޅުން މަދުކޮށް ގޭގައި މަޑުކޮށްލާ
ކޮވިޑް-19ގައި ރާއްޖެ މިހާރު ކުރިމަތިލާފައިވާ އެންމެ ބިރުވެރި ޙާލަތުން އަރައިގަތުމުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ހުޅުމާލޭގެ މަގެއް - ފެންނަނީ ހަމަ ހިމޭންކަން - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭގެ މަގެއް - ހުޅުމާލެ އާއި މާލޭ އާއި ދެމެދު ދަތުރުކުރުން މަނާކޮށްފައިވާއިރު، ވިލިމާލޭ އާއި މާލެ އާއި ދެމެދު ދަތުރުކުރެވޭނެ - ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް19 ގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށް ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ -

ކާފިއު ގަޑީގައި ފިހާރަ، ކެފޭ ރެސްޓޯރަންޓްތަކުން ޑެލިވަރީ ނޫން ގޮތަކަށް ޚިދުމަތް ދޭނަމަ އެތަނެއް 5000ރ އިން ޖޫރިމަނާ ކުރާނެ - ފޮޓޯ: ރާއްޖެއެމްވީ

ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއި ގުޅިގެން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް އެ ގަޑިތަކުގައި އެއްގަމު އުޅަނދުތަކުގައި ދަތުރުކުރެވޭނެ - ފޮޓޯ: ރާއްޖެއެމްވީ

ބޭރުގައި މީހުން އުޅުން މަދުކުރުމަށް ކޮންމެ ގޭބިސީއަކަށް ދޫކުރަނީ 2 ފާސް - ފޮޓޯ: ރާއްޖެއެމްވީ

މާލޭގެ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން - ކާފިއު ގަޑީގައިވެސް އަދި އެހެން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެ އުޅެވޭނީ އެކަމަށް ދޫކުރެވޭ ހާއްސަ ހުއްދައަކާއި އެކު - ފޮޓޯ: ރާއްޖެއެމްވީ

މާލޭގެ ބޮޑުތަކުރުފާނު މަގު - މަގުމަތީގައި އުޅުން މަދުކުރުމުގެ ގޮތުން ކާފިއު ގަޑިވެސް ވަނީ އިތުރުކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ