ލޯކަލް މާރުކޭޓް - ފެންނަނީ ވަރަށް ތިޔާގިކޮށް

27 އޭޕްރިލް 2021 | އަންގާރަ 14:38
-
41040
މާރުކޭޓްގެ ގޮޅިތަކުގައި ތަފާތު އެކި ބާވަތުގެ ތަރުކާރީ އާއި މޭވާ ލިބެން ހުރިއިރު، އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަކަން ފާހަގަކުރެވެއެވެ.
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގައި މީހަކު ކަރާ ކޮށަނީ، ކަރާ އަކީ ރޯދަމަހު އެންމެ ޑިމާންޑް ބޮޑު މޭވާ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގައި މީހަކު ތަކެތި ވިއްކުމުގައި، މި ފަހަރުގެ ރޯދަމަހުވެސް މާރުކޭޓްގެ ގޮޅިތައް ފެންނަނީ ވަރަށް ތިޔާގިކޮށް - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގެ ކައިރީ މީހަކު ހުއްޓިލައިގެން، އެކި ގޮޅިތަކުގައި އެކި ބާވާތުގެ ތަކެތި ވިއްކަމުންދާއިރު، ރިހާކުރާ ވަޅޯ މަސް ފަދަ ތަކެތީގެ އަގުތައްވެސް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަކަން ފާހަގަވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - ބާޒާރުގަައި ފެޝަންފުރުޓްގެ އަގުވެސް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި، މިއީ ރޯދަމަހު ފަނި ގިރުމަށް ޑިމާންޑް ބޮޑު އެއް މޭވާ ކަން ފާހަގަކުރެވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގައި މީހަކު ކުރުނބާ ހަދަނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއަކުން މީހަކު އެއްޗެހި ގަންނަނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގައި މީހަކު އިށީނދެލައިގެން - ރޯދަ މަހުގެ ފުރަތަމަ ދުވަން ފެށިގެން އާންމުކޮށް ބޭނުން ކުރަމުން އަންނަ ބާވަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއަކުން މީހަކު އެއްޗެހި ގަންނަނީ - ބައްޓާއި، ޓޮމާޓޯ، ކިއުކަމްބަރ އަދި ކަރާ ގިނަ އަދަދަކަށް ހުރި ގޮޅިއެއްކަން ފާހަގަކުރެވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރާ މީހަކު - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މާރުކޭޓް ގޮޅިއެއްގައި ވިޔަފާރި ކުރާ ދެ މީހަކު ހުއްޓިލައިގެން - ފޮޓޯ: ރާއްޖެއެމްވީ