raajjemv logo
ފޮޓޯ އިން ޚަބަރު
23 މާރޗް 2021 | އަންގާރަ 01:06
-
6143
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއެކު އުފާވެރި މަންޒަރުތަކެއް
ފެތުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ފަތާ ޓްރެކް ސަރަޙައްދުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމާއިއެކު، ކުދި ބޮޑު އެންމެން އެތަނަށް ގޮސް އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދެއެވެ. މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ފަތާ ޓްރެކް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ސަރަޙައްދުގައި ސިޑިބަރިއާއެކު ފާޚާނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު، ފަހުން ވަނީ ޑައިވިން ޕްލެޓްފޯމެއް ގާއިމުކުރުމަށްވެސް ނިންމާފައެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ރާއްޖެ.އެމްވީއަށް ވިދާޅުވީ މި ޕްލެޓްފޯމާއިއެކު، ސްވިމިންގ ޓްރެކް ސަރަހައްދު މޫދު ކުޅިވަރުގެ ޕާކަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް - ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޑައިވިންގ ޕްލެޓްފޯމް ސަރަހައްދުގައި ކުޑަ ކުދިން އުފާވެރި ވަގުތު ކޮޅެއް ހޭދަކުރަމުން ދަނިކޮށް
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް - ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ، ފަތާ ޓްރެކާއި، ޑައިވިންގ ޕްލެޓް ފޯމާއިއެކު، ފަތާ ޓްރެކް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ވެފައިވާ ކަމަށް
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް - މާލޭ ފަތާ ޓްރެކަކީ މާލޭގައި ދިރިއުޅޭ ކުޑަކުދިން ފަތަން ދަސްކުރުމަށްވެސް ބޭނުން ކުރަމުން އަންނަ ސަރަހައްދެއް
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް- ޑައިވިންގް ޕްލެޓް ފޯމާއިއެކު ސްވިމިންގ ޓްރެކް ސަރަހައްދު މޫދު ކުޅިވަރުގެ ޕާކަކަށް ވަނީ ވެފައި
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް - މާލޭ ފަތާ ޓްރެކަކީ މާލޭގައި ދިރިއުޅޭ ކުޑަކުދިން ފަތަން ދަސްކުރުމަށްވެސް ބޭނުން ކުރަމުން އަންނަ ސަރަހައްދެއް
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް - ޑައިވިންގް ޕްލެޓް ފޯމާއިއެކު ސްވިމިންގ ޓްރެކް ސަރަހައްދު މޫދު ކުޅިވަރުގެ ޕާކަކަށް ވަނީ ވެފައި
ޑައިވިންގ ޕްލެޓްފޯމާއި، ސްލައިޑާއިއެކު އުފާވެރި މަންޒަރުތަކެއް - ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޑައިވިންގ ޕްލެޓްފޯމް ސަރަހައްދުގައި ކުޑަ ކުދިން އުފާވެރި ވަގުތު ކޮޅެއް ހޭދަކުރަމުން ދަނިކޮށް