ރައީސް ސޯލިޙް ގަތަރަށާއި ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

18 މާރޗް 2021 | ބުރާސްފަތި 11:25
-
52638
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުރަމާނަދަތުރުފުޅެއްގައި ދެ ޤައުމަކަށް ވަނީ ވަޑައިގެންފައެވެ. އެއީ ޤަތަރު އަދި ބަންގްލަދޭޝް އަށެއެވެ. ޤަތަރަށް މާރޗް 15 ވަނަ ދުވަހު ވަޑައިގެންނެވިއިރު، ބަންގްލަދޭޝް އަށް ވަޑައިގެންފައިވަނީ މާރޗް 17 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޤަޠަރުގެ އަމީރާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޤަޠަރުގެ މިއުޒިއަމް އޮފް އިސްލާމިކް އާޓްސް އަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ. ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށާއި 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ވެސް ޒިޔާރަތްކުރެއްވިއެވެ.
ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ ރަސްމީ ޙަފްލާގައި ރައީސް ސޯލިޙް ވާހަކަފުޅު ދައްކަވަނީ - ޝެއިޚް މުޖީބުއް ރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއް ކަމުގައި ރައީސް ސޯލިޙް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ ރަސްމީ ޙަފްލާގެ ތެރެއިން - ބަންގްލަދޭޝް ސަރުކާރުން އެ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ މައްޗަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައި - ފޮޓޯ: ރައީސް އޮފީސް
ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ ރަސްމީ ޙަފްލާ ރައީސް ސޯލިޙް ވަޑައިގެންނެވުން - ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށް ރައީސް ސޯލިޙް ވަނީ ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ ރަސްމީ ޙަފްލާގެ ތެރެއިން - ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝެއިޚް މުޖީބުއް ރަޙްމާނު ކަމުގައި ރައީސް ސޯލިޙް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ ރަސްމީ ޙަފްލާގެ ތެރެއިން - ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ސޯލީޙް - ފޮޓޯ: ރައީސް އޮފީސް
ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ ރަސްމީ ޙަފްލާގެ ތެރެއިން - ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ރައީސް ސޯލިޙް ފާހަގަކުރެއްވި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ޒިޔާރަތްކުރެއްވުން - ކޮވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖޭގައި ފައްޓާފައިވާ "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބަންގްލަދޭޝްގެ އެއަރފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ޒިޔާރަތްކުރެއްވުން - ރައީސް ސޯލިޙް ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދު އަދި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތުދެއްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ބަންގަބަންދު މެމޯރިއަލް މިއުޒިއަމް' އަށް ޒިޔާރަތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށް ކުރެއްވި ޒިޔާރަތުގައި ގަހަކަށް ފެން ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށް ކުރެއްވި ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށް ކުރެއްވި ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްގެ 'ނެޝަނަލް މާޓަރޒް މެމޯރިއަލް' އަށް ކުރެއްވި ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤަޠަރުގެ ސަރުކާރުން ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސް ސޯލިޙް ވަނީ ޝުކުރުއަދާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައިއޮތް ގުޅުން ދެމެހެއްޓެވުމަށް ރައީސް ސޯލިޙް ވަނީ މަޝްވަރާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ޤަތަރުގެ އަމީރު އާއި އެކު ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ އަމީރުގެ ގަނޑުވަރުގައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހިރާއްޖެއިން ޤަޠަރަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރާއާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ - ޤަޠަރު ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށްދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - އަމީރާއި އެކު ބޭއްވި ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ސަރުކާރުން ކޮވިޑް-19 އެ ޤައުމުގައި ފެތުރިގެން ދިޔަ ނުދިނުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ މިއުޒިއަމް އޮފް އިސްލާމިކް އާޓްސް އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ މިއުޒިއަމް އޮފް އިސްލާމިކް އާޓްސް އަށް ކުރެއްވި ޒިޔާރަތް - ރައީސުލްޖުމްހޫރިއްޔާ އާއި ޤަޠަރުގެ އަމީރުގެ ބައްދަލުވުމުގައި ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހިކޮށްދެއްވުމަށް މަޝްވަރާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ މިއުޒިއަމް އޮފް އިސްލާމިކް އާޓްސް އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން - އަމީރާއެކު ބޭއްވި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅާ، ގުޅޭ ގޮތުން ޤަޠަރާއި އެކު މަސައްކަތްޕުޅުކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުން - އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތައް ޤަޠަރާއި އެކު މަސައްކަތްޕުޅުކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާކަމުގައި ރައީސް ސޯލިޙް ވަނީ ބައްދަލުކުރެއްވުމުގައި ވިދާޅުވެފަ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް