ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގައި ހޯމަ ދުވަހުގެ ރޭ ބަޔަކު ހައްޔަރު ކުރުން
މި އޮޕަރޭޝަނާ ގުޅޭ ތަފްސީލީ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލައިގައި 4 މީހުން ހައްޔަރުކުރިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުކުރެވިފައެވެ.
މއ. އެނބޫގައި ހުންނަ އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި، މއ. ކިނާރާ ހައުސް ބަލައި ފާސްކުރީ ޓެރަރިޒަމާއި، ޤައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ތުހުމަތުގައެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި ތިން ގެއަކާއި އޮފީހެއް ބަލައި ފާސްކޮށް ހެކި ހޯދާފައިވެއެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނަށް ފަހު މ. ކިނާރާ ހައުސް އިން މީހަކު ހައްޔަރު ކޮށްގެން ގެންދަނީ.
ފުލުހުންގެ އޮފިސަރަކު ހޯމަ ދުވަހުގެރޭ ހާމަކޮށްފައިވާ ގޮތުގައި، ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި، ފުލުހުންދަނީ، މާލޭގެ ބައެއް ތަންތަނަށް ވަދެ ބައެއް މީހުންވެސް ހައްޔަރުކުރަމުންނެވެ.
ފުލުހުން ވަނީ މިތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ހެކި ގެންގޮސްފައެވެ.

ފުލުހުން ބަލައި ފާސްކުރި މ. ކިނާރާ ހައުސްގެ އެޕާޓްމަންޓް 5B އަކީ އެ އޮފީހުގެ ވެރިމީހާ ދިރިއުޅޭ އެޕާޓްމެންޓެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ބަލައި ފާސްކުރި މއ. ކިނާރާ ހައުސް ކުރިމަތީގައި އޮންނަ އެނބޫ ގޯޅީގައި ހުރި ބިދޭސީން ގެންނަ އޭޖެންސީއެއްގެ އޮފީހުންނެވެ.
މއ. ކިނާރާ ހައުސްއަށް ފުލުހުން ވަދެ، އެ ގެ ހުންނަ ސަރަޙައްދު ބަންދުކޮށްގެން ހޯމަ ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި 4 މީހަކު ހައްޔަރުކޮށްފައިވެ އެވެ.