ކޮވިޑް19 - މަސްވެރިކަމުގެ ސިނާއަތަށްވެސް ބޮޑު ލޮޅުމެއް
މަސް ދޯނިފަހަރުތަކަށް މަހަށް ދިއުމުގެ ހުއްދަދިނުން

ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގެ ބަނދަރުގައި އަޅާފައިވާ މަސްދޯނިފަހަރުތައް - މަސްދޯނިފަހަރުތަކަށް މަހަށް ދިއުމުގެ ހުއްދަ ސަރުކާރުންވަނީ ދީފަ - ރާއްޖެއެމްވީ

މަސް ދޯންޏެއްގެ ތެރޭގައި މަސްވެރިން މަސްކެނޑުމުގެ މަސައްކަތް ކުރަނީ - ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށްވެސް ވަނީ ބޮޑު ލޮޅުމެއް އައިސްފައި - ރާއްޖެއެމްވީ

މަސްގަތުމަށްޓަކައި އާއްމުންގެ މީހަކު މަޑުކޮށްލައިގެން - ކޮވިޑް-19 އާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމި 100 މިލިއަން ރުފިޔާ ލޯނުގެ ދަށުން، މިހާތަނަށް ހަތަރު ކުންފުންޏަކަށް 20 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި - ރާއްޖެއެމްވީ

މަސްދޯންޏެއް މަހުން އައިސް މަސް ވިއްކުމުގައި - މަސްވެރިން ބާނާ މަސް، ކުުންފުނިތަކުން ނުގަންނާތީވެ އެކަމުގެ ޝަކުވާ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ ގެނެސްފައި - ރާއްޖެއެމްވީ

މަސްދޯންޏެއްގެ ފަޅުވެރިއަކު މަސްތައް ނެގުމުގެ މަސައްކަތުގައި - ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ ޑިމާންޑް ދަށްވަމުންދާތި މަސްވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައި - ރާއްޖެއެމްވީ

މަސްދޯންޏެއްގައި މަސްކެނޑުމުގެ މަސައްކަތްކުރަމުންދަނީ - މަސް ބޭރުކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާތީ އެތައް ސަތޭކަ މަސްވެރި ޢާއިލާއެއްގެ ޢާމްދަނީ ހުއްޓުމަކަށް އައިސްފައިވާކަމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ވަނީ މީގެ ކުރިން ބުނެފަ - ރާއްޖެއެމްވީ

މަސްދޯނި ފަހަރުތައް އަޅާފައިވާ ބަނދަރު ސަރަހައްދުގައި އާއްމުންގެ ބަޔަކު މަޑުކޮށްލައިގެން - ރާއްޖެއެމްވީ

އެކި ބާވަތުގެ ފަރުމަސް - ފަރުމަސްވެރިކަމަކީ ދިވެހިން ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އަންނަ މަސްވެރިކަމެއް، ނަމަވެސް ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ފަރުމަސްވެރިކަންވެސް މިވަނީ ދަށްވެފައި - ރާއްޖެއެމްވީ

މަސްދޯންޏެއްގެ ފަޅުވެރިންތަކެއް މަސްކެނޑުމުގެ މަސައްކަތުގައި - ރާއްޖެއެމްވީ