ރީތި އެހެނަސް ހިތްދަތި މަންޒަރެއް
ޖުމްހޫރީ މައިދާނުގައި އުޅެމުން އައި ކޮތަރުތައް މިނިވަންކަމާއެކު

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުދުހެމުން އައި ކޮތަރުތައް - މާލެ ސަރައްހައްދު ލޮކްޑައުން ކުރުމާއެކު އެ ސަރަހައްދުގައި މިނިވަންކަމާއެކު އުޅެލުމުގެ އުފާ ކޮތަރުތަކަށް ވަނީ ލިބިފައި - ރާއްޖެއެމްވީ

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުދުހެމުން އައި ކޮތަރުތައް - މާލެ ލޮކްޑައުން ނުކުރާއިރު ގިނަ އަދަދެއްގެ ބިދޭސީންނާއި ކުޑަކުދިން ހިތް އުފާ ކުރަމުން އަންނަ މައިޒާނެއް، ކޮތަރުތަކަށް ކާންދީ އެ ސޮރުމެން އުފާކޮށްދޭ - ރާއްޖެއެމްވީ

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުދުހެމުން އައި ކޮތަރުތައް - ފެންނަ މަންޒަރުން ބަނޑުހައިވެފަ ތިބިކަން ފެނުނު ނަމަވެސް އެ ސޮރުމެން އެ ސަރަހައްދުގައި އުޅެމުންދަނީ އިންސާނުންގެ އުދަގުލެއްނެތި މިނިވަންކަމާއިއެކު - ރާއްޖެއެމްވީ

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުދުހެމުން އައި ކޮތަރުތައް - އެސޮރުމެންނަށް ލިބެމުންދިއަ ކާނާ ވަނީ ހުއްޓިފައި، މިނިވަންކަމާއެކު އުޅެލުމުގެ އުފާ ލިބުނުނަމަވެސް ބަނޑުހައި ހޫނުކަންމަތީގައި - ރާއްޖެއެމްވީ

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުދުހެމުން އައި ކޮތަރުތައް - މަގުމަތިން ފެންނަހާ ބައެއްގެ ކައިރިއަށް އެސޮރުމެން ދުއްވައިގަނޭ، ސިފަކުރެވެނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލައެއް ކުރާ މަންޒަރު - ރާއްޖެއެމްވީ

ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުދުހެމުން އައި ކޮތަރުތައް - ކޮތަރުތައް ބަނޑަށްޖެހި މަރުވާތަން ފެނުމަކީ ކެތްވާނެ ކަމެއް ނޫން - ރާއްޖެއެމްވީ