މަގޭ ރާއްޖެ، ސާފު ރާއްޖެ ގެނެވޭނީ ފަޅުތަކަށް އަޅާ ކުނިން ސަލާމަތްވެގެން
ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގެ ފަޅުތެރެއަށް އަޅާފައިވާ ކުނި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށުން

ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގެ ފަޅުތެރެއަށް އަޅާފައިވާ ކުނި - ގިނައިން ފެންނަނީ ޕްލާސްޓިކް ފުޅި - ރާއްޖެއެމްވީ

ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގެ ފަޅުތެރެއަށް އަޅާފައިވާ ކުނި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދަނީ - އާންމުގޮތެއްގައި ކޮންމެ ދުވަހަކު 3 ފަހަރު ފަޅުތެރޭގައި ހުންނަ ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުން - ރާއްޖެއެމްވީ

ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގެ ބަނދަރަކީ ލަފާފުރުމުގެ ކަންތައްތަކަށް އޮންނަ ތަނަކަށްވާއިރު، ބަނދަރުކޮށްފައިވާ ބައެއް އުޅަނދުފަހަރުތަކުން އަޅާފައިވާ ގިނަ އަދަދެއްގެ ކުންޏާއި، އޮޔާ އަންނަ ބައެއް ކުނިތަކުން ފަޅުތެރެ އޮންނަނީ ކިލަނބުވެފައި - ރާއްޖެއެމްވީ

މާލޭ ސިޓީ ކައުންސިލުން ކުނިތައް ނެގުމުގެ މަސައްކަތް ކުރަނީ - މި ސަރަހައްދުގެ ފަޅުތެރެއަށް އަޅާފައިވާ ކުނިތަކުގެ ތެރޭގައި ޕްލާސްޓިކް ފުޅި ގިނަ އަދަދަކަށް އަޅާފައިވޭ - ރާއްޖެއެމްވީ

ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގެ ފަޅުތެރެއަށް އަޅާފައިވާ ކުނި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދަނީ - ފަޅުތެރެއަށް ކުނި އެޅުން ހުއްޓުވޭނީ އާއްމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެގެން - ރާއްޖެއެމްވީ