ދިރާސީ އައު އަހަރާއެކު އިއްޒުއްދީން ސުކޫލް ހުޅުވުން
އާދިއްތަ ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ސުކޫލު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. އޭގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިއްޒުއްދީން ސުކޫލް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އެ ސުކޫލްގެ ދެ ދަރިވަރުންނާއެކު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިއްޒުއްދީން ސުކޫލްގެ ދެ ދަރިވަރުންނާއެކު ހިންގަވާފަ ވަޑައިގަންނަވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި ސުކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންގެ ޖާގަ ހުންނައިރު 2021 ވަނަ އަހަރު ގްރޭޑް ހަތަކުން ފެށިގެން ދިހަ އަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ
އިއްޒުއްދީން ސުކޫލު ހުޅުވުމާއެކު އެ ސުކޫލުވެފައިވަނީ މާލޭ ސަރަޙައްދުގެ 16 ވަނަ ސުކޫލަށް

ސުކޫލަށް އިއްޒުއްދީން ސުކޫލުގެ ނަމުން ނަންދެވުނީ ދިވެހިރާއްޖޭގައި 1757 އިން 1766 ރަސްކަންކުރެއްވި ދޮންބަންޑާރައިން ނުވަތަ އަލްސުލްތާން އަލްގާޒީ ހަސަން އިއްޒުއްދީންގެ ނަންފުޅާ

އިއްޒުއްދީން ސުކޫލަކީ ސަރުކާރުގެ ވަށައިޖެހޭ ސިޔާސަތު ފުރިހަމައަށް ތަންފީޒްވާނެގޮތަށް، އެއް ދަންފަޅިއަށް ކިޔަވއިދޭނެ ސުކޫލެއް
ސުކޫލްގެ މޮޓޯއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހައްޤު ތެދު ހޯދާށެ - އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ކަންކަމުގެ ހަގީގަތް އުނގަންނައިދިނުމަކީ އަދި ހަގީީގަތްތަށް ހޯދައިދިނުމަކީ ސްކޫލެއްގެ އެންމެ ބޮޑު ބޭނުންކަމަށެވެ. ސްކޫލު ނިންމިއަސް ހަގީގަތް ހޯދުމަށް ޝައުގުވެރިކަން ހުރުމާއި އެކަމުގެ މަޝްއޫލުވެގެން އުޅުމަކީ އިންސާނަކަށް ވީތީ ކުރަންޖެހޭކަމެއްކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަކީ ދޮގު ހަބަރުތައް ގިނަ އަދި ހަބަރުތައް ފަތުރަން ފަސޭޙަކަމު ސްކޫލުގެ މޮޓޯ ހާލަތާއި މާހައުލަށް ހާއްސަކޮށް ގުޅޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ
ސުކޫލުގެ ބެޖުން ރަމްޒުކޮށްދެނީ ދޮންބަންޑާރައިންގެ އައްޑަނަ

ސުކޫލްގެ ކުލައިގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލަ - އެއީ ދިވެހި ވެށީގައި ވަރަށް ފަސޭހައިން ހެދޭ މަލިކުރުވާ މަލާ ގުޅުވަ އެވެ. ކެންސަރުގެ ފަރުވާއެއްގެ ގޮތުގައި މިޒަމާނުގައި އެންމެގިނައިން ބޭނުންކުރާ އެއް ބޭހަކީ ފަސްފިޔަލީ މަލިކުރުވާ މަލުން ނަގާ މާއްދާއެއް
ރައީސް ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުގެ ދަރިވަރުންނަށް މައިންބަފައިންނާއި ބެލެނިވެރިންގެ ބަސް ގަބޫލްކުރާ ދަރިވަރުންނަށްވުމަށް އިލްތިމާސް ކުރައްވާފަ
ޢިއްޒުއްދީން ސްކޫލްގައި ގްރޭޑް ދިހައަކާއި ހަމަޔަށް ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް މި އަހަރު އެ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށް
އިއްޒުއްދީން ސުކޫލު ހުޅުވުމާއެކު މިހާރު ރާއްޖޭގެ ސުކޫލުތަކުގެ އަދަދަކީ 212
މިއީ، 500 ދަރިވަރުންގެ ޖާގަ ދިނުމަށް ޢަމާޒުކޮށް ހުޅުވޭ ސްކޫލެއް
ރައީސް ވިދާޅުވި ގޮތުގައި، ސްކޫލު މަރުހަލާ ނިމޭއިރު ކޮންމެ ދަރިވަރަކުވެސް ހުންނާނީ ހަޔާތުގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭ ވަަރަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވި ތަރައްގީ ހޯދުމަށްޓަކައި އަމިއްލަ ފައިމައްޗަށް ތެދުވެ ތައްޔާރުވެފަ

އާދިއްތަ ދުވަހު މާލޭގައި އަލަށް ހުޅުވި ޢިއްޒުއްދީން ސްކޫލު ހުޅުއްވުމައި ދެއްވައި ވާހަކަ ދައްކަަަވަމުން ރައީސް ވިދާޅުވީ، ޢިއްޒުއްދީން ސްކޫލުގެ ހުރިހާ ކަމެއްވެސް އިންތިޒާމް ކުރެވިފައި ހުންނާނީ، އަމިއްލަ ނަފްސާއި މުޖުތަމައުގެ ކުރިއެރުމަށާއި، ގައުމުގެ ހެވާ ލާބަޔަށް މަސައްކަތްކުރާ އަދި 21 ވަނަ ސައްތާގެ އީޖާދީ ދިރިއުޅުމަށް ލޯތައް ހުޅުވި ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް ކަމަށް
އިންސާނީ ވިސްނުން ތަރައްގީ ކޮށްދޭ އެއްޗަކީ ތައުލީމުކަން ވިދާޅުވެ، އޭގެ ފަހުން ރައީސް ވަނީ ދަރިވަރުންނާއި ސުވާލެއް ކުރައްވާފައެވެ. ''ޔުނީފޯމް ލައިގެން ފޮތް ދަބައިސް ހިފައިގެން ސްކޫލަށް އައުމުގެ ބޭނުމަކީ ކޮބައިތޯ؟'' އެ ސުވާލަށް އަމިއްލަފުޅަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އޮންނާނެ ޖަވާބަކީ ''ކިޔަވާށޭ ސްކޫލަށް އަންނަނީ'' އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ ހަގީގީ ކިޔެވުމަކީ ކޮބައިކަން ދަރިވަރުންނަށް ބަޔާން ކޮށްދެއްވާފަ
