Raajje.mv
ފޮޓޯ ގެލަރީ

ގާސިމް އިބްރާހިމް ހުކުރުވިލޭރޭ ކުއްލި ގޮތަކަށް ހައްޔަރު ކުރުން

މުހައްމަދު ޝަރުހާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުކުރުވިލޭރޭ ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ކުނޫޒް ޖަލްސާ ނިންމަވާލެއްވުމަށްފަހު  މ. މާފަންނު ވިލާއަށް ވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި

ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން މިމަހުގެ 6 ވަނަ ދުވަހުވެސް ހައްޔަރުކޮށްފައި. އެފަހަރު އެމަނިކުފާނު ދޫކޮށްލީ ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ހައްޔަރު ކޮށްފައިވަނީ ގާނޫނީ އިޖުރާއުތައް ފުރިހަމަ ނުކޮށް ކަމަށް ކަނޑައެޅުމަށްފަހު

ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުން ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން ގެންދިޔައިރު އެމަނިކުފާނުގެ ގާނޫނީ ޓީމަށް ގާސިމް އިބްރާހިމްއާ ބައްދަލުކުރަން ފުރުސަތު ދީފައި ނުވާ ކަމަށް

ފުލުހުން ބުނީ ގާސިމް ހައްޔަރުކޮށްފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއިގުޅިގެން ކޯޓްއަމުރެެއްގެ ދަށުން ކަމަށް. އިތުރު ތަފްސީލެއް ދީފައެއް ނުވޭ

ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12 ޖަހާކަންހާއިރު ފުލުހުން ގާސިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ދެއްކުމަށްފަހު، ތައްޔާރުވެލަން ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވޭ

ގޭގައި ހުންނަވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްލި ގޮތަކަށް ހައްޔަރު ކޮށްފި